މަސައްކަތް
ނަންބަރު: (IUL)308/2025/21
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި: 19 ޖޫން 2025 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުފުލަންދޫ ތަރައްޤީކުރުން

ޕްރޮޖެކްޓް ނަންބަރު PC/308/2025/08

އަދުގެ ސަރުކާރުން މަޑުއްވަރީގެ އިޙްތިޞާސްގައި ހިމަނާފައިވާ، ރ. އުފުލަންދޫގެ 20 (ވިހި) އަހަރުދުވަހުގެ ބިނާވެށި ޕްލޭން ހެދުމާއި ޑިޒައިން، ބިލްޑް އެންޑް މެއިންޓެއިން އުސޫލުން، އެރަށަށް އަރާފޭބުމަށް ޚާއްޞަ ފާލަމާއި ދެކޮޓަރީގެ އެކޮމަޑޭޝަން ބްލޮކާއި މިސްކިތް ބިނާކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  މިމަސައްކަތްތައް ކުރާން ޙަވާލުވާ ފަރާތަށް ބަދަލެއްގެ ގޮތުގައި އުފުލަންދޫގެ ޓޫރިޒަމް ޒޯނުން، 30 (ތިރީސް) އަހަރު ދުވަހުގެ މުއްދަތަކަށް 5000 (ފަސްހާސް) އަކަފޫޓުގެ ބިމެއް ދޫކުރުމަށްވަނީ ނިންމާފައެވެ. މިބިން ދޫކުރުމަށް އެއްވެސް އެޑްވާންސް ފައިސާއެއް (ބިން ލިބިގަތުމުގެ ފީ އާއި ބިޑު ފޮތުގެ އަގު) ނުނަގާނެއެވެ. މިބިން ތަރައްޤީކުރުމަށް، 10 (ދިހައެއް) އަހަރުދުވަހުގެ ގްރޭސް ޕީރިއަޑް ލިބޭނެއެވެ. އަދި ބިމުގެ މުއްދަތު ހަމަވުމުން، ޤާނޫނުން ކައުންސިލަށް ލިބިދީފައިވާ އިޙްތިޔާރުގެދަށުން ބިޑުކުރުމާނުލައި، މިބިމުގެ މުއްދަތު 15 އަހަރު ދުވަހައް އިތުރުކޮށްދިނުމަށްވެސްވަނީ ނިންމާފައެވެ.

ބިނާވެށި ޕްލޭން ހެދުން

މިމަޝްރޫޢުގެ ދަށުން ހަދާ، ރ. އުފުލަންދޫގެ ބިނާވެށި ޕްލޭނަކީ އެފަދަ ޕްލޭންތައް ހެދުމަށް ދަޢުލަތުން އެކުލަވާލާފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އުސޫލުތަކަށްފެތޭ އަދި ރ. މަޑުއްވަރީ ރައްޔިތުންނާއި ކައުންސިލްގެ ރުހުން އޮތް ޕްލޭނަކަށް ވާންވާނެއެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެތެރޭގައި ބިނާވެށި ޕްލޭން ނިންމައި، އެޕްރޫވްކުރުމަށް ކަމާގުޅޭ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

ފާލަންއެޅުން

މިމަޝްރޫޢުގެ ދަށުން ބިނާކުރާ ފާލަމުގެ މަސައްކަތްކުރަންވާނީ އެކަމަށް ހަދަންޖެހޭ އީއައިއޭ ސަރވޭ ހެދުމަށްފަހުއެވެ. ފާލަން އެޅުމަށް އެންމެ އެކަށީގެންވާ ސަރަޙައްދެއް ހޯދައި، ރަށުގެ ހޭޅިފަށުން ފެށިގެން އުރަފަށާއި ހަމައަށް ދިގުކޮށް ފާލަން އަޅަންވާނެއެވެ. މިފާލަމުގެ ފުޅާމިނުގައި 5 (ފަހެއް) ފޫޓް ހުންނަންވާނެއެވެ. އަދި ފާލަމުގެ ކޮންމެވެސް އެއް ހިސާބެއްގައި ބޯހިޔާވާނެ ހިޔާވައްސެއް ހުންނަންވާނެއެވެ. މިފާލަމަކީ ހަމައެކަނި މީހުން އަރާ ފޭބުމަށް އަޅާ ފާލަމެކެވެ. ފާލަން އަޅަންވާނީ ދިގު މުއްދަތަށް ބޭނުންކުރެވޭނެ މެޓީރިއަލަކުންނެވެ. މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެތެރޭގައި ފާލަންއަޅާ ނިންމައި ކައުންސިލާއި ޙަވާލުކުރަންވާނެއެވެ.

އެކޮމަޑޭޝަން ބްލޮކް ޢިމާރާތްކުރުން

ފާޚާނާ އާއިއެކު ދެކޮޓަރީގެ އެކަމަޑޭޝަން ބްލޮކް ކުރަހައި ކައުންސިލްގެ އެޕްރޫވަލް ހޯދުމަށްފަހު، ކައުންސިލުން ދައްކާ ބިމެއްގައި ޢިމާރާތްކޮށް ނިންމަންވާނެއެވެ. އެކޮމަޑޭޝަން ބްލޮކް ޢިމާރާތްކުރަންވާނީ ދިގުމުއްދަތަށް ބޭނުންކުރެވޭނެ މެޓީރިއަލަކުންނެވެ. މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެތެރޭގައި ޢިމާރާތްކުރުމުގެ ހުރިހާ މަސައްކަތެއް ނިންމައި ކައުންސިލާއި ޙަވާލުކުރަންވާނެއެވެ.

މިސްކިތް ބިނާކުރުން

އެއްފަހަރާ 50 (ފަންސާސް) މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތެއް ޑިޒައިންކޮށް ކައުންސިލުން ދައްކާ ބިމެއްގައި ޢިމާރާތްކުރަންވާނެއެވެ. މިސްކިތް ޢިމާރާތްކުރަންވާނީ ދިގުމުއްދަތަށް ބޭނުންކުރެވޭނެ މެޓީރިއަލަކުންނެވެ. މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެތެރޭގައި މިސްކިތް ޢިމާރާތްކޮށް ނިންމާ ކައުންސިލާއި ޙަވާލުކުރަންވާނެއެވެ.

ޢާއްމު މަޢުލޫމާތު

މިމަޝްރޫޢު ޙަވާލުވާ ފަރާތަށް މަޝްރޫޢުގެ ވަކިވަކި ކޮމްޕޯނަންޓްތަކާއިގުޅޭ މަޢުލޫމާތު ޙިއްޞާކުރާނެއެވެ. މަޝްރޫޢުގެ ދަށުން އުފުލަންދޫގައި ބިނާކުރާ ހުރިހާ ބިނާއެއްގެ ކޮންސެޕްޓާއި ފައިނަލް ކުރެހުންތައް މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލަށް ހުށަހަޅާ، ކައުންސިލްގެ ރުހުން ލިޔުމުން ހޯދަންވާނެއެވެ. އަދި ކުރެހުންތައް ފައިނަލް ކުރުމުގައި ކައުންސިލްގެ ޙިއްޞާއެއް އޮންނަންވާނެއެވެ.

އަގު ހުށަހެޅުން

މިއިޢުލާނާއި ގުޅިގެން އަގު ހުށަހަޅަންޖެހޭނީ އުފުލަންދޫއިން ދޫކުރާ ބިމުގެ ގްރޭސްޕީރިއަޑްގެ ފަހުން، މަހުން މަހަށް ދައްކާ އަގެވެ. އުފުލަންދޫން ދޫކުރާ ބިމަށް ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 2 (ދޭއް) ރުފިޔާއެވެ.

ރަޖިސްޓްރީކުރުން

2025 ޖޫން 18 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

އުފުލަންދޫ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2025 ޖޫން 18 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ:  [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2025 ޖޫން 19 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- ބީލަން ހުށަހަޅަންވާނީ މިކައުންސިލުން ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"އުފުލަންދޫ ތަރައްޤީކުރުން"

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް.

- ޓެކްސް ކުލިއަރެންސް ރިޕޯޓް.

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

- އަކަފޫޓަކަށް ހުށަހަޅާ އަގު: %50

- ފާލަމާއި އެކޮމަޑޭޝަން ބްލޮކާއި މިސްކިތް މަރާމާތުކޮށް ބަލަހައްޓައިދޭ މުއްދަތު: %30

- ބިނާވެށި ޕްލޭނާއި ފާލަމާއި އެކޮމަޑޭޝަން ބްލޮކާއި މިސްކިތުގެ އެންމެ ރަނގަޅު ކޮންސެޕްޓް ކުރެހުމަށް:

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ބޮޑުއަގެވެ.
  2. ބިޑް އިވެލުވޭޓްކުރުމުގައި ފާލަމާއި އެކޮމޮޑޭޝަން ބްލޮކާއި މިސްކިތުގެ އެންމެ ރަނގަޅު ކޮންސެޕްޓް ހޮވާނީ ކައުންސިލުންނެވެ.
  3. ބިޑް އިވެލުވޭޓްކުރުމުގައި ބެންޗް މާކުގެ ގޮތުގައި ބަލާނީ ފާލަމާއި އެކޮމޮޑޭޝަން ބްލޮކާއި މިސްކިތް މަރާމާތުކޮށް ބަލަހައްޓާދޭން ހުށަހަޅާ އެންމެ ދިގު މުއްދަތެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  6. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

އިތުރު މަޢުލޫމާތު

  1. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ، 1 (އެކެއް) އަންދާސީ ހިސާބެވެ.
  2. ވިޔަފާރީގެ ވެރިފަރާތް ނޫން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅަން ޙާޟިރުވާނަމަ، އެކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

03 ޖޫން 2025