މަސައްކަތް
ނަންބަރު: (IUL)317-PP/317/2025/61
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި:
11 ޖޫން 2025 11:15
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ބިން ސާފުކުރުން
އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި ހުރި ދިއްގާ ގަހާއި އަދި ރުކުގެ ބައިތަށް އެއްކޮށް ނަގައި ބިންސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 11 ޖޫން 2025 ވާ ބުދަ ދުވަހުގެ 11:15 އަށް މިކައުންސިލަށް ވަޑައިގެން އަގުހުށަހެޅުމަށް ދަންނަވަމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު އަދި އަގު ހުށަހަޅާ ފޯމް މިއިއުލާނާއެކު އާއްމުކުރެވިފައިވާނެއެވެ.
އަގު ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4005054 ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
03 ޖޫން 2025