ބީލަން
ނަންބަރު: (IUL)160-CS/1/2025/88
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 23 ޖޫން 2025 10:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ޢަރަބި ބަހުން ލިޔެފައިވާ 3 ފޮތް ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ޢަރަބި ބަހުން ލިޔެފައިވާ 3 ފޮތް ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދުން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ޢަރަބި ބަހުން ލިޔެފައިވާ 3 ފޮތް ތަރުޖަމާކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.

1-      އަލްވަޤްފު ވަލްއިބްތިދާއު ވަޞިލަތުހުމާ ބިލްމަޢްނާ ފިލްޤުރްއާނިލްކަރީމް (ޤިރާއަތު) 391 ޞަފްޙާ

2-      ފަޠުޙުލްބާރީ ( ޙަދީޘް) 528 ޞަފްޙާ

3-      އަލްއިތްޤާނު ފީ ޢުލޫމިލްޤުރްއާން (ޢުލޫމުލްޤުރްއާން) 436 ޞަފްޙާ

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖޫން 12 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މައުލޫމާތު ސާފުކުރުމަށް މި މަރްކަޒަށް ވަޑައިގަތުމަށް ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށައެޅުމާއި ހުޅުވުން އޮންނާނީ 2025ޖޫން 23 ވާ ހޯމަ ދުވަހުގެ 10:00 ގައި މަރުކަޒުގެ އިދާރާގައި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބިޑް މީޓިންގ ގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއް ގައެވެ. ސިޓީއުރައިގެ ބޭރުގައި " ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ޢަރަބި ބަހުން ލިޔެފައިވާ 3 ފޮތް ތަރުޖަމާކުރުން " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި މަރުކަޒުގެ 3019340/3019300 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

ބީލަމާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް

ޕްރޮކިޔުމަންޓް ސެކްޝަން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު

ފޯން: 3019340/3019300

އީ-މެއިލް: [email protected]

 

03 ޖޫން 2025