މަސައްކަތް
ނަންބަރު: (IUL)WDC-EYD/2025/08
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 21:51
ސުންގަޑި: 25 ޖޫން 2025 11:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށީ ބަނދަރުގައި ރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމަންޓް ބަހައްޓައިދިނުމުގެ މަސައްކަތް

 

 

ބ.އޭދަފުށީ ބަނދަރުގައި ރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމަންޓް ބަހައްޓައިދިނުމުގެ މަސައްކަތް

   މިއިޢުލާނާއި އެކުގައިދޭ ކުރެހުމާއި އެއްގޮތައް އަމިއްލަ ތަކެތީގައި ބ.އޭދަފުށި ބަނދަރުގައި ރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމަންޓެއް ބަހައްޓައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

   ބީލަން ހުށަހެޅުއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖޫން 2025 ވާ (އާދީއްތަ) ދުވަހުގެ 13:30 އާއި ހަމައަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ލިންކު: https://forms.gle/bbNu4aBBrkrxCgTSA

 

ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުން

މިބީލަމުގެ މައުލޫމާތު ކަރުދާސް މިއިޢުލާނާއި އެކު ހީރަސްކޮށްފައިވާނެއެވެ. މި ބީލަމާއިގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 24 ޖޫން 2025 14:00ގެ ކުރިން، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

 

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން:

 

ބީލަން ހުށަހެޅުން އޮންނާނީ 2025 ޖޫން 25 ވާ ބުދަ ދުވަހުގެ 11:00 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޟިރުވާއިރު ހާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޟޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހެޅޭ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ .ބީލަން ހުޅުވުން އޮންނާނީ 25 ޖޫން 2025 ވާ ބުދަ ދުވަހުގެ 11:35 ގައި  މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި، ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

ކުރެހުން ޕީޑީއެފް ލިންކް
https://drive.google.com/file/d/1-V1jLRpJM-kucXhMTNgVUGa2eUr9ytDf/view?usp=sharing

 

02 ޖޫން 2025