ތަމްރީނު
ނަންބަރު: (IUL)475-Schol/475/2025/107
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 18:32
ސުންގަޑި: 12 ޖޫން 2025 12:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ITEC Post Graduate Diploma Program 2025 / India

 ITEC Post Graduate Diploma Program 2025 / India

ޤައުމު: އިންޑިއާ

ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ – ކޮންމެ ޕްރޮގްރާމަކަށް 2 ފުރުޞަތު

ކޯހުގެ ލެވެލް އަދި ޢަދަދު:

P.G Diploma in Drinking Water and Sanitation - ITEC

P.G Diploma in Irrigation Water Management - ITEC 

P.G Diploma in Water Resource Development - ITEC

Fifty-Two International Course of P G Diploma in Hydrography - ITEC

ޕްރޮގްރާމް

ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ

1. ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން (ބެޗެލަރ އޮފް ޓެކްނޮލޮޖީ/ ބެޗެލަރ އޮފް އިންޖިނިއަރިންގ ނުވަތަ ސިވިލް އިންޖިނިއަރިންގ)

2. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އެހެން އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑް އެއް ހާސިލް ކޮށްފައިވުން.

3. ޢުމުރު 25 އަހަރާއި 45 އަހަރާއި ދެމެދު (12  ޖޫން  2025 ގެ ނިޔަލަށް )

4. ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.  

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭން ބޭރުގެ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) އިން ވެލިޑޭޓްކޮށްފައި).

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

4. މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޑޭޓާ ޕޭޖްގެ ކޮޕީ

5. ތިންމަސް ހަމަނުވާ މެޑިކަލް ރިޕޯޓް

6. ފުރިހަމަކޮށްފައިވާ އައިޓެކް ޕްރޮގްރާމް ގެ އެޕްލިކޭޝަން ފޯމު

7. ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ވަޒީފާގައި ހުރިކަން އަންގައިދޭ ލިޔުން (އިޢުލާނުކުރި ތާރީޚަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ)

8. ކޯހާއި ގުޅޭގޮތުން އަޕްލޯޑުކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓް  ނުވަތަ ވެބްސަޓުގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.

9. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

10. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އެނގޭނެ، ކެންޑިޑޭޓްގެ ލިޔުމެއް.

11. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަން ބަޔާންކުރާ، ކެންޑިޑޭޓްގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

- މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު  https://itecgoi.in/upcoming_courses  ވެބްސައިޓުން ލިބެން ހުންނާނެއެވެ.

- މި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ 02 ކެންޑިޑޭޓުން މި މިނިސްޓްރީއިން ނޮމިނޭޓް ކުރާނެއެވެ. އަދި  ރިޒަރވް ކެންޑިޑޭޓެއްގެ ގޮތުގައި 1 ކެންޑިޑޭޓް ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސެލެކްޝަން ހަދާނީ  އިންޑިއާގެ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ޕްރޮގްރާމް (އައިޓެކް) ގެ ފަރާތުންނެވެ.

- މި ސްކޮލަރޝިޕަށް އެޕްލައިކުރާ ފަރާތްތައް 12 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އިންޑިއާގެ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ޕްރޮގްރާމް (އައިޓެކް) ވެބްސައިޓް ގައިވާ ލިންކްhttps://itecgoi.in/upcoming_courses  މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

- މި ސްކީމްގެ ދަށުން ފުރިހަމަކުރެވޭނެ ކޯސް  ތަކުގެ މަޢުލޫމާތު (އައިޓެކް)ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

- މި ސްކޮލަރޝިޕްގެ ދަށުން ހިނގާނޭ ޚަރަދުތަކުގެ ތަފްޞީލް (އައިޓެކް)ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ސްކޮލަރޝިޕް އިންތިޒާމް ކުރާ ފަރާތުން ދިނުމަށް ކަނޑައެޅިފައިވާ ޚަރަދުތަކުގެ އިތުރުން ހިނގާ ޚަރަދެއް ހަމަޖައްސަންޖެހޭނީ ކޯހަށް ހޮވޭ ކެންޑިޑޭޓުން އަމިއްލައަށެވެ.

-  މި އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު އެނެކްސް 1 އިން ލިބެން ހުންނާނެއެވެ.

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕަށް ހޮވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ.

* އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

ސުންގަޑި:  12 ޖޫން 2025 ވާ ބުރާސްފަތި މެންދުރު 12:00 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް އަދި https://itecgoi.in/upcoming_courses  ލިންކް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

02 ޖޫން 2025