ބީލަން
ނަންބަރު: (IUL)403-A/403/2025/77
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 01 ޖުލައި 2025 11:30
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރިބިން ތަރައްޤީ ކުރުމުގެ މަޝްރޫއު (ފިޔަވަހި 1)

                   (IUL)403-A/403/2025/77:ނަންބަރު                                                                         

އިޢުލާން 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

                    ލ.މާމެންދޫ ބަނދަރުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ވިޔަފާރިބިންތަކުގެ، މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި އިދާރާއިން ކޮށްފައިވާ ނަންބަރު: (IUL)403-A/403/2025/63 (11 މޭ 2025) އިޢުލާނާ ގުޅިގެން ބީލަން ހުށަހަޅާފައިވަނީ 1 (އެކެއް) ފަރާތުން ކަމުގައިވާތީ އެ އިޢުލާން ބާޠިލްކޮށް، މިމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 )ދޭއް) ވަނަ ފަހަރަށް އިޢުލާން ކުރީމެވެ.

 

ތަފްޞީލް

ދުވަސް

ތަން

ބީލަމުގައި ރަޖިސްޓްރީވުން

18 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 އާއި ހަމައަށް

ލ.މާމެންދޫ ކައުންސިލް އިދާރާ

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

ބީލަން ހުށަހެޅުން

01 ޖުލައި 2025

(އަންގާރަ)

11:30 ގައި

ލ.މާމެންދޫ ކައުންސިލް އިދާރާ

       

       

     މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށްދީފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީކޮށް އަދި ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް

 

އެކަނިކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް  ކުރެވިދާނެއެވެ.  ބީލަން ފޮތް 3 ޖޫން 2025 ވާ އަންގާރަ  ދުވަހުން  ފެށިގެން 29 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާ އެވެ.

 

* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ

* އީމެއިލް: [email protected]

* ފޯން: 6800705

              ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

              06 ޛުލްހިއްޖާ 1446ހ

02 ޖޫން 2025