ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2025/13
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 15 ޖޫން 2025 12:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސީނިއަރ ޕްރޮކިއުމަންޓް އެންޑް އެޑްމިން އޮފިސަރ

މަޤާމު:

ސީނިއަރ ޕްރޮކިއުމަންޓް އެންޑް އެޑްމިން އޮފިސަރ

ބޭނުންވާ ޢަދަދު:

1

ސެކްޝަން:

ފައިނޭންސް، އެޑްމިން އެންޑް ޕްރޮކިއުމަންޓް

އަސާސީ މުސާރަ:

މަހަކު 5,000.00 ރުފިޔާ

އެލަވަންސް:

1. ސާރވިސް އެލަވަންސް: މަހަކު 3,800.00 ރުފިޔާ

2. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 100.00 ރުފިޔާ

4. ފޯން އެލަވަންސް: މަހަކު 200.00 ރުފިޔާ

5. އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

ރޭންކް:

 (SO)

މަޤާމުގެ ޝަރްޠުތައް:

1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނި ހިންގުމަށް ހޯދަން ޖެހޭ މުދަލާއި ޚިދުމަތް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ސްޓޮކާއި އެސެޓް ރަޖިސްޓްރީ ބެލެހެއްޓުން އަދި ކުންފުނީގެ މަރާމާތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތަށް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  • ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި ގުޅޭ ހުރިހާ މަސައްކަތްތައް ކުރުމާއި، ކުންފުނީގެ މުވައްޒަފުންގެ ލީވް ރިކޯޑްސް، އެޓެންޑެންސް ރިކޯޑްސް، ޕާރސަނަލް ފައިލް އަދާހަމަކޮށް ބެލެހެއްޓުން އަދި މުވައްޒަފުން ވަޒީފާއަށް ވެއްދުމާއި ވަކިކުރުމުގެ އެންމެހައި މަސައްކަތް ކުރުން
  • ކުންފުނީގެ ޕޭމްންޓް ވައުޗަރ އަދި އިންވޮއިސް ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ކުންފުނީގެ ހިސާބުތައް މަހުން މަހަށް ބެލެހެއްޓުމާއި ރިކޮންސައިލް ކުރުން
  • ކުންފުނީގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ހޯދާއި ތައްޔާރުކުރުމަށް އެހީތެރިވުމާއި،  ފައިނޭންޝިއަލް ރިޕޯރޓް ތައްޔާރު ކުރުމަށް އަދި ޑިރެކްޓަރުންގެ ބޯޑަށް  ބޭނުންވާ ހިސާބު ތަކާއި ފައިނޭންޝިއަލް ރިޕޯރޓްތައް ތައްޔާރުކުރުމަށް އެހީތެރިވުން.
  • ކުންފުނީގެ ލަފާކުރާ ބަޖެޓަށް ބޭނުންވާ މައުލޫމާތުތައް ހޯދައި ބަޖެޓް ތައްޔާރުކުރުމަށް އެހީތެރިވުން އަދި ކުންފުނީގެ އަހަރީ އޮޑިޓަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެހީތެރިވުން
  • ފައިނޭންސް، އެޑްމިން އަދި ޕްރޮކިއުމަންޓް ސެކްޝަނަށް ލިބޭ ލިޔުންތައް ދުވަހުން ދުވަހަށް އެންޓްރީ ކުރުމާއި ލިޔުންތައް ފައިލް ކޮށް ބެލެހެއްޓުން.
  • ކުންފުނީގެ އެހެން މުވައްޒަފެއްގެ މަސައްކަތް ވަގުތަށް ނުނިންމޭ ޙާލަތްތަކުގައި ނުވަތަ އެހެން މުވައްޒަފަކަށް ޙާޒިރުނުވެވޭ ޙާލަތްތަކުގައި އެމުވައްޒަފެއްގެ ވަޒީފާބަޔާނުގައި ހިމެނެ މަސައްކަތްތަކުނެ ވަގުތީ  ގޮތުން ޙަވާލުކުރާ މަސައްކަތް ކުރުން
  • އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ޙަވާލުކުރާ މަސައްކަތްކުރުން

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަން ވާނެއެވެ.

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ (ތަޖުރިބާއަށް މާކްސް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ރެފަރެންސް ސިޓީތަކަށެވެ. ރެފަރެންސް ސިޓީގައި ސާފުކޮށް މަސައްކަތް ފެށި ތާރީޚް އޮންނަންވާނެއެވެ. ސާފުކޮށް މަސައްކަތް ފެށި ތާރީޚް އެނގެން ނެތްނަމަ އެ ރެފަރެންސް ސިޓީ  ތަޖުރިބާއަށް  މާކްސް ދިނުމުގައި ނުބެލޭނެއެވެ.)

ހުށަހަޅަންޖެހޭ ސުންގަޑި:

މިމަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް15  ޖޫން 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މައުލޫމާތު:

  • އިންޓަވިއު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، މަގާމަށް އެކަށީގެންނުވާނަމަ، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ހެނދުނު 09:00 އާއި މެންދުރު 12:00 އާއި ދެމެދު 3001653 އަށް ގުޅުއްވުން އެދެމެވެ.
02 ޖޫން 2025