މަސައްކަތް
ނަންބަރު: (IUL)287/287/2025/22
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 04 ޖޫން 2025 13:00
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާޅެންދޫ ސިއްޙީ މަރުކަޒުގެ ރިސެޕްޝަން ކައުންޓަރ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ނ. މާޅެންދޫ ސިއްޙީ މަރުކަޒުގެ ރިސެޕްޝަން ކައުންޓަރ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

   ނ. މާޅެންދޫ ސިއްޙީ މަރުކަޒުގެ ރިސެޕްޝަން ކައުންޓަރ ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން  04 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 އަށް މަތީގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކޮށްދެވޭނޭ އަގު އަދި މަސައްކަތަށް ހޭދަވާނެ މުއްދަތު ބަޔާންކުރެވިފައިވާ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި " ނ. މާޅެންދޫ ސިއްޙީ މަރުކަޒުގެ ރިސެޕްޝަން ކައުންޓަރ ހެދުމުގެ މަސައްކަތް ކުރުން " މިހެން ލިޔެފައި އޮންނަންވަނެއެވެ.

މި މަސައްކަތާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 03 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 10:00 ގައި ނ.މާޅެންދޫ ސިއްޙީ މަރުކަޒުގައެވެ.  ކޯޓޭޝަން ބަލައިގަތުމާއި، ހުޅުވުން އޮންނާނީ  04 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 ގައި ކޯޓޭޝަން ހުށަހެޅުއްވުމަށް ވަޑައިގެންނެވި ފަރާތްތަކުގެ ހާޒިރުގައި ނ. މާޅެންދޫ ކައުންސިލުގެ އިދާރާގެ މީޓީންގ ރޫމުގައެވެ.  މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިޢްލާނުގެ އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.

އިތުރު މަޢްލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން މިކައުންސިލުގެ 6560026 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖޫން 2025