ބީލަން
ނަންބަރު: GS153/IUL/2025/06
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 16 ޖޫން 2025 13:00
ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
މި ސްކޫލްގެ ހުޅަނގުފަރާތު ކްލާސްރޫމުތަކުގެ ދޮރާއި ދޮރުފަތްތައް ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ސްކޫލްގެ ހުޅަނގުފަރާތު ކްލާސްރޫމުތަކުގެ ދޮރާއި ދޮރުފަތްތައް ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ:

            މި ސްކޫލްގެ ހުޅަނގުފަރާތު ކްލާސްރޫމްތަކުގެ ދޮރާއި ދޮރުފަތްތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި GS153/IUL/2025/05 ޢިއިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައިނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

            މި ސްކޫލްގެ ހުޅަނގުފަރާތު ކްލާސްރޫމުތަކުގެ ދޮރާއި ދޮރުފަތްތައް ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014  (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

            މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 3 ޖޫން 2025 އިން 16 ޖޫން 2025 ދުވަހުގެ 13:00 އާއި ހަމައަށް، ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. 

            މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން 17 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 10;00 ގައި އަދި ބީލަން ހުށަހެޅުން 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހު 11:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ.

މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި އިޢުލާނާއިއެކު ގެޒެޓުކުރެވިފައިވާނެއެވެ.

02 ޖޫން 2025

06 ޛުލްޙިއްޖާ 1446

02 ޖޫން 2025