ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)URH/E17-HP/2025/1
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 08:18
ސުންގަޑި: 12 ޖޫން 2025 10:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ- ރ. ކިނޮޅަސް ޞިއްޙީމަރުކަޒު

 

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ- ރ. ކިނޮޅަސް ޞިއްޙީމަރުކަޒު

 


މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-414002

ބޭނުންވާ އަދަދު:

1(އެކެއް)  

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރ. ކިނޮޅަސް ޞިއްޙީމަރުކަޒު

މުސާރަ:

6295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު 900.00 ރުފިޔާ

ރިސްކް އެލަވަންސް: ހަމަޖެހިފައިވާ އުސޫލުން (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

ސިވިލް ސަރވިސް މުވައްޒަފުންނަން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ސިވިލް ސަރވިސް މުވައްޒަފުންނަން ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާ.

ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫންގެދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސްޕެޝަލް ޑިއުޓީ އެލަވަންސް (ބޭސިކް މުސާރައިގެ 35%)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސިއްޚީ މަރުކަޒު ހިންގެވުމާ ޙަވާލުވެފައިވާ ފަރާތުގެ މަސައްކަތުގައި އެހީތެރިވުމާއި، ހޮސްޕިޓަލް އަދި އަތޮޅުގެ ޞިއްޙީޚިދުމަތްދޭ ތަންތަނުގެ ގައި ކުރަންޖެހޭ އެންމެހާ ކަންތައްތަގައި އެހީތެރިވުން.
  2. ސިއްޚީ މަރުކަޒުގެ މުވައްޒަފުންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  3. ސިއްޚީ މަރުކަޒަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމާއި، މަރާމާތު ކުރަންޖެހޭ ތަކެތި މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތްބަލައި، ޚިދުމަތް ހޯދުމަށް އަންނަ މީހުންނަށް ދަތިނުވާނެހެން ކަންތައްތައް ރާވާ އިންތިޒާމްކުރުވުން.
  4. ޕަބްލިކް ހެލްތް ޔުނިޓުން ކުރާ މަސައްކަތްތައް ބަލައި ސްޕަވައިޒްކޮށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުވުން.
  5. ސްޓޮކް، އެންޓްރީ އަދި އިންވެންޓްރީގެ ކަންތައްތައް ރަނގަޅު އިންތިޒާމެއްގެދަށުން ކުރިއަށް ގެންދިއުމަށް ބާރުއަޅާ ރަގަޅު ގޮތުގައި ބެލެހެއްޓުމަށް ބާރުއެޅުން.
  6. އެކިއެކި ބޭނުންތަކަށް ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރާ ޓީމްތަކަށް މަރުޚަބާ ދެންނެވުމާއި، މެހްމާންދާރީގެ ކަންތައްތައް ރާވާ ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށްގެންދިއުމަށް ބާރުއެޅުން.
  7. ޞިއްޙީ މަރުކަޒުގެ އެއްގަމުއުޅަނދުތަކަށް ދިމާވާ އެންމެހާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުމާއި، އަހަރީފީއާއި ރޯޑްވާދިނަސް ކަނޑައެޅިފައިވާ މުއްދަތަށް، މުއްދަތުގައި ދެއްކުމަށް ބާރުއަޅާ އެކަންކަން ކުރުވުން.
  8. އެންމެހާ މަރާމާތުގެ ކަންތައް ބެލެހެއްޓުން އަދި ޞިއްޙީ މަރުކަޒުގައި ކުރެވެމުންދާ މަރާމާތުގެ އެންމެހާ ކަންތައްތައް ހިނގާނުހިނގާގޮތްބެލުން.
  9. އެނުއަލް އެކްޝަން ޕްލޭން (އޭ.އޯ.ޕީ) އަދި އަހަރީ ރިޕޯޓް ތައްޔާރުކުރުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  10. މިނިސްޓްރީ އޮފް ހެލްތުން އަދި އެހެނިހެން ފަރާތްތަކުން ފޮނުވާ އޮޑިޓްތަކާއި އޮޑިޓް ރިޕޯޓްތަކާއިބެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  11. އޮފީސް ހުޅުވާ ލެއްޕުމުގެ އެސް.އޯ.ޕީ ތައްޔާރުކޮށް އެ މަސައްކަތްކުރާ މުވައްޒަފުންނާއި ހަވާލުކޮށް ހިންގުން.
  12. ސާރވިސް ރިކްއެސްޓް ފޯމްތައް ގަވާއިދާއި އެއްގޮތަށް ހެދުމަށްފަހު، ސެކްޝަންތަކާއި ހަވާލުކުރުން.
  13. އިދާރީ ގޮތުން ހުށަހެޅޭ އެކިއެކި މައްސަލަތައް ބަލާ އެ މައްސަލަތަކާއި ގުޅިގެން ބައްދަލުކުރަންޖެހޭ ފަރާތްތަކާއި ބައްދަލުކޮށް މައްސަލަތަކަށް ޙައްލު ހޯދައި ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  14. ޞިއްޙީމަރުކަޒުގެ މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ އެސް.އޯ.ޕީތައް ކަމާގުޅުން ހުރި މުވައްޒަފުންގެ މަޝްވަރާއާއެކު ތައްޔާރުކުރުން.
  15. ސިއްޙީމަރުކަޒުތަކުގެ ބިންބިމާއި އިމާރާތްތަކާއި، އުޅަނދުފަހަރާއި، ވެހިކަލްތަކާއި ހަރުމުދަލުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  16. ސިއްޙީމަރުކަޒުގައި ހިންގާ މަސައްކަތްތަކަށް އަންނަ ބިލްތައް ވެރިފައިކޮށް، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްސްތަކާއެކު ލަސްނުކޮށް އެކައުންޓްސް ޑިވިޜަނަށް ހުށަހެޅުމުގެ މަސައްކަތް ކުރުވުން.
  17. އިދާރީ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކުރުމާއި ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންތައްތައް ނިންމުމަށް ބާރުއަޅާ އެހީތެރިވުން.
  18. ޓެންޑަރ މަސައްކަތްތައް ބެލެހެއްޓުމާއި ޓެންޑަރކުރެވޭ މަސައްކަތްތައް މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ކުރޭތޯ ބެލުން.
  19. ޞިއްޙީމަރުކަޒުގެ ރެޖިސްޓްރޭޝަން އަދި ޚިދުމަތް ދިނުމުގެ ލައިސެންސް ގަވާއިދާއި އެއްގޮތަށް އާކުރުމުގެ މަސައްކަތްކުރުން.
  20. ޙަވާލުވެފައިވާ މަސައްކަތާއި ގުޅިގެން ސެކްޝަނަށް އަންނަ ލިޔެކިއުންތަކަށް ޖަވާބުދާރީވުން.
  21. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި އިދާރާގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި މުވައްޒަފުން ގުޅިގެންކުރާ މަސައްކަތްތަކާއި އެކި އެކި އިޖްތިމާޢީ އަދި ޚާއްސަ ދުވަސްތައް ފާހަގަކުރުމުގެ ގޮތުން ހޮސްޕިޓަލުގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
  22. ސިއްޙީ މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން
  23. ސިއްޙީ މަރުކަޒުގެ ޢިމާރާތްތައް ސާފުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގަވައިދުން ކުރެވޭތޯ ބެލުން.
  24. ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ކަނޑައެޅިފައިވާ ތާރީހަށް ގުޅުންހުރި ފަރާތްތަކަށް ފޮނުވުން.
  25. ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅިގެން ހަވާލުކުރާ މަސައްކަތްތައްކުރުން.
  26. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އަންގާ އެންމެހައި ކަންކަމުގައި އެހީތެރިވުން
  27. ސިއްހީ މަރުކަޒުގެ މަސައްކަތްކުރާ ކޮންޓްރެކްޓް މުވައްޒަފުންނާއި، ދާއިމީ މުވައްޒަފުންގެ ޕޭރޯލްގެ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން
  28. ސިއްހީ މަރުކަޒުގެ މުވައްޒަފުންގެ ޕާރސަނަލް ފައިލްތަކާއި ޗުއްޓީ ރެކޯޑްސް އަދި އެނޫންވެސް ރެކޯޑްސްތައް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ހިނގާނުހިގާގޮތް ބަލާ އެކަންކަން ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  29. މުވައްޒަފުންނަށް އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުއެޅުމުގެ މަސައްކަތްތައް ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ކުރިއަށް ގެންދިއުމުގައި އެހީތެރިވުން
  30. ޞިއްޙީ އެކިއެކި ކާރިސާއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ އަދި އޮފީހުގެ ރަސްމީ އެކިއެކި ކަންކަމާ ގުޅިގެން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

 

 

 

 

.1 މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

 

2 . މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް   
  • މެނޭޖްމަންޓް  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ކޯ ޑިސިޕްލިން: ނެތް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް   
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

 

ގުޅޭވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) 1e148c34-bc04-4150-9537-29309c104aa7.docx (live.com)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ޖޫން 2025 ވާ ދުވަހުގެ 10:00 ގެ ކުރިން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި މިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އޮންނާނީ، 13 ޖޫން 2025  އާއި 25 ޖޫން 2025  އާއި ދެމެދު ރ. އުނގޫފާރު  ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގައެވެ. 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6583706) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ

 

 

02 ޖޫން 2025