ދިވެހިރާއްޖެ
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތައް ނުވަތަ ސްޕޯޓް ފިޝިންގ ގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އަންނަ ޖުލައި މަހުގެ 7 ވަނަ ދުވަހު މާލޭގައި މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ މަޤުސަދަކީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތް ތަކާއި މެދު މަޝްވަރާކުރުމުއެވެ.
އިސްވެދެންނެވުނު މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މިބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވަން ޝައުޤުވެރިވާ ފަރާތްތަކުން 10 ޖޫން 2025 ވާ އަންގާރަ ދުވަހުގެ ކުރިން ނަން ހުށަހެޅުއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ވަނީ އިޢުލާން ކުރައްވާފައެވެ.
އިޢުލާންގެ ލިންކް: https://gazette.gov.mv/iulaan/343776
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.