މަސައްކަތް
ނަންބަރު: (IUL)290/290/2025/45
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 02 ޖޫން 2025 14:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާފަރު ކައުންސިލުން އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "ޢީދު ސައި" ތައްޔާރުކޮށްދޭނެ ތަރާތެއް ހޯދުން

 

ނަންނޯޓު ކުރުމުގެ ދަޢުވަތު

މި ކައުންސިލްގެ ފަރާތުން 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ގެ "ޢީދު ސައި" ތައްޔާރުކުރުމަށް ބޭނުންވާތީ، ޢީދު ސައި ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ތަކެތި ތައްޔާރުކުރަން ހަމަޖެހިފައިވަނީ ނަން ނޯޓްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށްފަހު އެފަރާތަކަށް ގުރުއަތުން ނެގޭ އައިޓަމެކެވެ. މި ސަޔަށް ތައްޔާރު ކުރަން ޖެހޭ ތަކެތީގެ ލިސްޓް ތިރީގައި އެވަނީއެވެ.

#

އައިޓަމްގެ ނަން

އައިޓަމްގެ ޖުމުލަ އަދަދު

ރޭޓް (ރުފިޔާ)

1

ހަނޑޫ ގުޅަ

900

3

2

ބަޖިޔާ

900

3

3

ކުޅިބޯކިބާ

900

3

4

މަސްރޮށި

700

3

5

ހަނޑޫ ކަވާބް

700

3

6

ބޮޑު ގުޅަ (ހުނިލާގެން ފުށުގައި)

700

3

7

ފެނުކެއްކި ބިސް

500

3

8

ގިތެޔޮ ބޯކިބާ

500

3

9

ޗޮކްލެޓް ކޭކު

500

3

10

ޕުޑިން

700

3

11

ކަރާ ފަނި

6 ފުޅި (5 ލީޓަރުގެ)

100

12

އަލަނާސި ފަނި

6 ފުޅި (5 ލީޓަރުގެ)

100

13

އައިސް މައިލޯ

6 ފުޅި (5 ލީޓަރުގެ)

100

14

އައިސް ކޮފީ

6 ފުޅި (5 ލީޓަރުގެ)

100

15

ކިރު ޖޫސް

6 ފުޅި (5 ލީޓަރުގެ)

100

 

ވީމާ މި ތަކެތި ތައްޔާރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2 ޖޫން 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލްގެ ނަންބަރަށް ( ވައިބަރ އަދި ރަސްމީ ނަންބަރ) އަށް ގުޅާ ނަންނޯޓް ކުރެއްވުން އެދެމެވެ.  

ކައުންސިލް ވައިބަރ ނަންބަރު: 9780055 / ކައުންސިލް ފޯނު ނަންބަރު: 6569821

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01 ޖޫން 2025