ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-MS/266/2025/11
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:40
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ އަޟްހާޢީދު ބަންދާއި ގުޅިގެން ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް މެދުކަނޑާލުމާއި ގުޅޭ
1446 ވަނަ އަހަރުގެ އަޟްހާޢީދާއި ގުޅިގެން 05 ޖޫން 2025 އިން 09 ޖޫން 2025 ގެ ނިޔަލަށް ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅާފައިވާތީ، މިއިދާރާއިން ދެމުން ގެންދާ މުނިސިޕަލް އަދި އެހެނިހެން ޚިދުމަތްތައް މިމުއްދަތުގެ ތެރޭގައި މެދުކަނޑާލެވޭނެ ވާހަކަ ދަންނަވަމެވެ. މިމުއްދަތުގެ ތެރޭގައި އާންމު ޚިދުމަތާއި އެހެނިހެން މަސައްކަތްތައް ރާއްވަވާފައިވާ ފަރާތްތަކުން މިފަދަ ކަންކަމަށް ބޭނުންވާ ހުއްދަތައް ދުރާލާ ހޯއްދެވުމަށް 04 ޖޫން 2025 ވާ (ބުދަ) ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މި ފުރުސަތުގައި، ރައްޔިތުންގެ ފަރާތުން މިފަދަ ކަންކަމުގައި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ނުހަނު އިޙްލާސްތެރިކަމާއިއެކު ޝުކުރުދަންނަވަމެވެ.
01 ޖޫން 2025