މަޤާމު:
|
ޗީފް ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-413264
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
ރޭންކް 10 - ސްޓެޕް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
-
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ހުޅުމާލެ
|
ޑިޕާޓްމަންޓް:
|
ޕޮލިސީ ޑިވިޜަން ޑިޕާޓްމަންޓް
|
މުސާރަ:
|
16,969.00ރުފިޔާ
|
މަޤާމުގެ އެލަވަންސް:
|
9,719.00 ރުފިޔާ
|
ހާޟިރީ އެލަވަންސް:
|
ޙާޟިރުވާ ދުވަހަކަށް 263.00 ރުފިޔާ
|
އެހެނިހެން އެލަވެންސް:
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އެހެނިހެން އިދާރާތަކުގެ މެންޑޭޓުގައި ހިމެނޭ މަސައްކަތްތައް ތަންފީޒުކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި، އުސޫލުތަކާއި އަދި ސްޓޭންޑަރޑް އޮޕަރޭޓިންގެ ޕްރޮސީޖަރތައް އެކުލަވާލުމާއި އެމަސސައްކަތްތައް ކުރިއަށްދާގޮތް މޮނިޓަރކުރުން.
- ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވާލުމުގައި މިނިސްޓްރީއާއި މިނިސްޓްރީއާ ގުޅުންހުރި ދާއިރާތާކުގެ ސްޓްރެޓެޖީސްތައް އެކުލަވާލުމުގައި މިނިސްޓްރީ ތަމްސީލުކުރުމާއި އަދި މިނިސްޓްރީގެ ދަށުން ހިނގާ އެހެނިހެން އިދާރާތަކާއި ކަމާގުޅުންހުރި ސެކްޝަންތަކާ ވިލަރެސްކުރުމާއި މިނިސްޓްރީއާއި މިނިސްޓްރީއާ ގުޅުންހުރި ދާއިރާތާކަށް ކަނޑައަޅާފައިވާ މަސައްކަތްތައް ތަންފީޒުކުރެވުމުންދާ މިންވަރު ބަލައި މޮނިޓަރކޮށް އަޕްޑޭޓްކުރުން.
- މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އެހެނިހެން އިދާރާތަކުގެ މަސައްކަތްތަކާ ގުޅިގެން ކެބިނެޓަށް ނުވަތަ ކަމާގުޅޭ ކައުންސިލްތަކަށް ހުށަހަޅަންޖެހޭ ސިޔާސަތު ކަރުދާސްތައް ކަމާބެހޭ ސެކްޝަންތަކާއި، އިދާރާތަކާ ގުޅިގެން ތައްޔާރުކޮށް ކެބިނެޓަށް އެ ކަރުދާސްތައް ހުށަހެޅުމާއި ވިލަރެސްކުރުން އަދި ކެބިނެޓުން ނިންމަވާގޮތެއް ކަމާގުޅޭ ސެކްޝަންތަކާއި އިދާރާތަކާ ހިއްސާކޮށް އެމަސައްކަތް ތަންފީޒުކުރެވޭ މިންވަރު މޮނިޓަރކޮށް އަޕްޑޭޓްކުރުން.
- މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އެހެނިހެން އިދާރާތަކުގެ ސިޔާސަތުތަކާ ގުޅިގެން އެކިއެކި ފަރާތްތަކަށް ހުށަހަޅަންޖެހޭ ކަރުދާސްތައް މިނިސްޓްރީގެ ކަމާގުޅުންހުރި ދާއިރާތަކާ ގުޅިގެން ތައްޔާރުކުރުން.
- ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންއާއި އެހެނިހެން ޕްލޭންތަކުގައި މިނިސްޓްރީއާއި މިނިސްޓްރީގެ އެހެނިހެން އިދާރާތަކުން ކުރަން ކަނޑައަޅާފައިވާ ކަންކަން ހިމަނާ، މިނިސްޓްރީއާއި މިނިސްޓްރީގެ އެހެނިހެން އިދާރާތަކުގެ ޕްލޭން ތައްޔާރުކުރުގެ މަސައްކަތް ވިލަރެސްކޮށް، ޕްލޭން ތައްޔާރުކޮށް ޕްލޭންގައި ކަނޑައަޅާފައިވާ މަސައްކަތްތައް ކުރިއަށްދާގޮތް މޮނިޓަރކޮށް އަޕްޑޭޓްކުރުން.
- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އެހެނިހެން އިދާރާތަކުން ކުރިއަށް ގެންދިއުމަށް ބޭނުންވާ މަޝްރޫޢުތައް ކަނޑައަޅައި އެ މަޝްރޫޢޫތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޕްލޭންތައް ތައްޔާރު ކުރުމުގެ މަސައްކަތް ވިލަރެސްކޮށް ޕްލޭންތައް އެކުލަވާލުން.
- މިނިސްޓްރީގެ ކޮންމެ އަހަރެއްގެ އަހަރީ މަސައްކަތު ޕްލޭން ކަމާގުޅުންހުރި ހުރިހާ ސެކްޝަންތަކާއި އިދާރާތަކުގެ މަޝްވަރާއާއެކު އެކުލަވާލައި މަސައްކަތު ޕްލޭން ތަންފީޒު ކުރެވެމުންދާ މިންވަރު މޮނިޓަރކޮށް އަޕްޑޭޓް ކުރުން.
- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ކުރިއަށްގެންދިއުމަށް ބޭނުންވާ އައު ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްސްތަކަށް ބޭނުންވާ ޕްރޮޕޯސަލްތަކާއި، ކޮންސެޕްޓް ކަރުދާސްތައް މިނިސްޓްރީގެ ކަމާބެހޭ ދާއިރާތަކާ ވިލަރެސްކޮށް ތައްޔާރުކުރުމަށްފަހު ޕޮލިސީ ލެވެލްއިން އެންޑޯސް ކުރުވުން.
- މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އެހެނިހެން އިދާރާތަކުގެ އިދާރީ މަސައްކަތްތަކާ ގުޅިގެން ބޭނުންވާ އުޞޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިންގެ ޕްރޮސީޖަރތައް ސެކްޝަންތަކާއި އިދާރާތަކާ ގުޅިގެން ތައްޔާރުކޮށް އަޕްޑޭޓްކުރުން.
- މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ މަސައްކަތްތަކާ ގުޅުންހުރި ރާއްޖެ ބައިވެރިވާ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތްތައް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަމާގުޅުންހުރި ސެކްޝަންތަކާއި އިދާރާތަކާ ވިލަރެސްކުރުމާއި، ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުން އަދި އިސްލާހު ގެންނަންޖެހޭ ކަންތައްތައް ފާހަގަކޮށް ކަމާގުޅޭ ދާއިރާތަކާ ހިއްސާކުރުން.
- މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމަށް މިނިސްޓްރީއިން ކަނޑައަޅަންޖެހޭ އުސޫލުތަކާއި ޕްލޭންތައް ހެދުމަށް ބޭނުންވާ ދިރާސާތައްކުރުން.
- މިނިސްޓްރީއާއި ގުޅުންހުރި މަސައްކަތްތަކާ ގުޅޭ ތަފާސް ހިސާބު އެއްކޮށް، އެތަފާސް ހިސާބުތައް ބެލެހެއްޓުމާއި އެނަލައިޒް ކުރުން އަދި ސިޔާސަތުތައް އެކުލަވާލުމުގައި ތަފާސްހިސާބުތަކަށް ރިޢާޔަތްކުރުން.
- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި އަދި ދިވެހިރައްޔިތުންގެ ގެ ތެރެއިން ނާޒުކު އަދި ހަވާސާވެފައިވާ ފަރާތްތަކަށް އިޖްތިމާޢީ ރައްކާތެރިކަމާއި އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދީ އެފަދަ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި ތަރައްޤީކުރުމަށް ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކާއެކު މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކުރުމާއި އެފަރާތްތަކާ ގުޅުން ބަދަހިކުރުން.
- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި އަދި ދިވެހިރައްޔިތުންގެ ގެ ތެރެއިން ނާޒުކު އަދި ހަވާސާވެފައިވާ ފަރާތްތަކަށް އިޖްތިމާޢީ ރައްކާތެރިކަމާއި އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދީ އެފަދަ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި ތަރައްޤީކުރުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ލަފައާއި އެހީ ހޯދުމާއި، މިނިސްޓްރީއާއި މިނިސްޓްރީގެ އެކިއެކި ދާއިރާތަކުން ރާއްޖެއަށް ފައިދާ ކުރުވަނިވި ކަންކަމުގައި އެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުން.
- ޕޮލިސީ ޕްލޭނިންގ ޑިވިޜަން، މޮނިޓަރިން އެންޑް އިވެލުއޭޝަން ޑިވިޜަން އަދި ސްޓެޓިސްކްސް ޔުނިޓުގެ މަސައްކަތްތައް ރާވައި ހިންގުމާއި، މަސައްކަތްތައް ހިނގާނުހިގާގޮތް ބަލާ މޮނިޓަރކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެޑޮލެސަންޓް ހެލްތް އެންޑް ވެލްބިއިން
- ބިހޭވިއަރަލް ހެލްތް ސައިންސް
- ޗައިލްޑް އެޑްވޮކަސީ އެންޑް ޕޮލިސީ
- ޗައިލްޑް އެންޑް އެޑޮލެސަންޓް ޑިވެލޮޕްމަންޓް
- ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ހެލްތް
- ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ވެލްބިއިން
- ޗައިލްޑް އެންޑް ކޮމިއުނިޓީ
- ޗައިލްޑް އެންޑް ފެމިލީ ސްޓަޑީޒް
- ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޗައިލްޑް ވެލްފެއަރ
- ޗައިލްޑް ވެލްފެއަރ ވަރކް
- ޗައިލްޑް ޔޫތް އެންޑް ފެމިލީ ޕްރެކްޓިސް
- ކައުންސެލިންގ
- އަރލީ ޗައިލްޑްހުޑް އެންޑް ފެމިލީ ސްޓަޑީޒް
- ފެމިލީ އެންޑް ހިއުމަން ޑިވެލޮޕްމަންޓް
- ފެމިލީ ސްޓަޑީޒް
- ފެމިލީ ތެެރަޕީ
- ހިއުމަން ޑިވެލޮޕްމަންޓް އެންޑް ފެމިލީ ސްޓަޑީޒް
- މެރިއޭޖް އެންޑް ފެމިލީ
- މެރޭޖް އެންޑް ފެމިލީ ސްޓަޑީޒް
- މެރޭޖް އެންޑް ފެމިލީ ތެރެޕީ
- ސައިކޮލޮޖީ
- ސޯޝަލް ސަރވިސަސް
- ސޯޝަލް ވޯރކް
- ސޯޝިއޮލޮޖީ
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
ސޯޝަލް ސާވިސަސް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖޫން 2025 ގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު / އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 12 ޖޫން 2025 އާއި 30 ޖޫން 2025 އާ ދެމެދު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް( އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން) 2 ވަނަ ފަންގިފިލާ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|