ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު (IUL)22-PU/1/2015/267 ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި 3 ފަރާތުގެ ތެރެއިން 1 ފަރާތުން ހުށަހަޅަންޖެހޭ ބައެއް ލިޔުންތައް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
1 ކުލަ ޕްރިންޓަރ
4 ކޮމްޕިއުޓަރ
1 ލެޕްޓޮޕް
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް  | 
 އަންދާސީހިސާބު ހުށަހެޅުމަށް  | 
| 
 7 ސެޕްޓެންބަރު 2015 (ހޯމަ) ދުވަހުގެ 10:00 އަށް  | 
 10 ސެޕްޓެންބަރު 2015 (ބުރާސްފަތު) ދުވަހުގެ 10:00 އަށް  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނަށެވެ.
10 ޛުލްޤަޢިދާ 1436