ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)302-E/302/2025/37
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2025
ޕަބްލިޝްކުރި ގަޑި: 15:28
ސުންގަޑި: 04 ޖޫން 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'އަރުތަ' ހޭންޑްބޯލް މުބާރާތް ކުރިއަށްދާ ވަގުތު ކެންޓީން ބެހެއްޓުމާއި ގުޅޭ

އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ 'އަރުތަ' ހޭންޑްބޯލް މުބާރާތް މިއަހަރު މިރަށުގައި ހޯސްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމުބާރާތް ކުރިއަށްދާ ވަގުތު ކެންޓީން ބެހެއްޓުމަށް ހަމަޖެހިފައިވާތީ މިކަމަށް ޝަޢުޤުވެރިވާ 05 ފަރާތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. 05 ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލައިފިނަމަ ގުރުއަތުން ހޮވޭ 05 ފަރާތަކަށް އެފުރުޞަތު ލިބިގެންދާނެއެވެ. ބަހައްޓާ ކޮންމެ ކެންޓީނަކުން މެޗަކަށް 100 (ސަތޭކަ) ރުފިޔާގެ ފީ އެއް ނެގޭނެއެވެ.

 ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 04 ޖޫން 2025 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލްގެ ނަންބަރު 6580069 ފޯނަށް ގުޅައިގެން ނުވަތަ ރަސްމީ ގަޑީގައި ކައުންސިލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.

29 މޭ 2025