ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LMS/468/2025/147
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2025
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 03 ޖޫން 2025 00:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުން.

ފުވައްމުލަކު ދޫނޑިގަން ޝުހުރަތު ގޯއްޗާއި ނިއުހެވަން ގޯތީގެ ހުޅަގުން އޮތް ހުސްބިމުގައި ނަންބަރު 01 ޖަހާފައިވާ ރުކުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިރުކުގެ މިލްކުވެރި ފަރާތެއް ވާނަމަ 2025 ޖޫން 03 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން އެއީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުކެއްކަން އެނގޭނެ ލިއުމަކާއި އެކު މިއިދާރާގެ ސިޓީ ޕްލޭނިން އެންޑް ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

28 މޭ 2025