ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-E1/1/2025/42
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2025
ޕަބްލިޝްކުރި ގަޑި: 15:46
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކަސްޓަމްސް އޮފިސަރގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފިޒިކަލް ފިޓްނަސް ޓެސްޓާއި ގުޅޭ

މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2025/35 (19 މެއި 2025) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

ޙަވާލާދީފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ސުންގަނޑި (31 މެއި 2025 ވާ ހޮނިހިރު ދުވަހުގެ 14:00)  ހަމަވާއިރު، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ފިސިކަލް ފިޓްނަސް ޓެސްޓް ދެވޭނެއެވެ. މި ޓެސްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1 ޖޫން 2025 އިން 3 ޖޫން 2025 އަދި 14 ޖޫން 2025 އިން 16 ޖޫން 2025 އަށެވެ. އަދި ފިސިކަލް ފިޓްނަސް ޓެސްޓް ބާއްވާނެ ތަނާއި ގަޑި، އީމެއިލް އަދި އެސް.އެމް.ސެސް މެދުވެރިކޮށް މިއޮފީހުން އަންގާނެކަމުގައި ދަންނަވަމެވެ.

ފިޒިކަލް ފިޓްނަސް ޓެސްޓްގެ ބައިތައް ހިމެނޭ "ކަސްޓަމްސްގެ ވަޒީފާއަށް ވަނުމަށް ދެވޭ ބޭސިކް ފިޒިކަލް ފިޓްނަސް ޓެސްޓް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލު" (20 މެއި 2025) ކަރުދާސް މި އޮފީހުގެ ވެބްސައިޓުގައި  (https://www.customs.gov.mv/Media/Documents/careers)  އާންމުކުރެވިފައިވާނެއެވެ.

މި ކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ. 

28 މޭ 2025