ދިވެހިރާއްޖެ
މި އުޞޫލަކީ ޤާނޫނު ނަންބަރު 2002/01 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ހިންގުމުގެ ޤަވާޢިދު 2019/R-1002 ގެ ދަށުން 05 ފެބުރުއަރީ 2024 ގައި ފާސްކޮށްފައިވާ ގދ.ނަޑެއްލާ ކައުންސިލުގެ ލޭންޑްޔޫސް ޕްލޭންގައިވާ، ކައުންސިލުގެ އިޙްތިޞާސްގައި ހިމެނޭ ބިމުގެ ޞަރަހައްދުން ދިރިއުޅުމަށްޓަކައި 2,000 (ދެހާސް) އަކަފޫޓު ގެ 52 (ފަންސާސްދެ) ގޯތި ދޫކުރުމުގައި ޢަމަލުކުރާނެގޮތް ބަޔާންކުރާ އުޞޫލެވެ. ިރިއުޅުމަށްޓަކައިގޯތި ދޫކުރުމަށް ކުރެވޭ އިޢުލާނާއި ގުޅިގެން ފޯމް ހުށަހަޅާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތާއި ފޯމްތައް އިވެލުއޭޓް ކުރުމުގައި ޢަމަލުކުރާނެ އުޞޫލާއި ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ ޝަރުތު އަދި ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ދޭނެ ގޮތް މި އުޞޫލުގައި ބަޔާންކުރެވިފައިވާނެއެވެ. މި އުޞޫލަށްކިޔާނީ "ގދ.ނަޑެއްލާއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" އެވެ.
ގދ.ނަޑެއްލާއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ