ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-MAHC/23/2025/140
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2025
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 05 ޖޫން 2025 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަގުތީ ރަޖިސްޓަރީ ދޫކުރުމާއި ގުޅޭ

އިޢުލާނު

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން، މެޑިކަލް ލެބޯރޓަރީ އަދި ފާރމަސީ ދާއިރާއިން ޕްރީ-ރަޖިސްޓްރޭޝަން ހުއްދަ ދޫކުރެވޭ ބިދޭސީންގެ ތެރެއިން ކޮންޕީޓެންސީ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކަށް، ވަގުތީ ރަޖިސްޓްރޭޝަން 180 (ސަތޭކަ އައްޑިހަ) ދުވަހުގެ މުއްދަތަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ އެކަން އާއްމުކޮށް އަންގާ އިޢުލާނުކުރަމެވެ.

މި އިޢުލާނާއި ގުޅިގެން ކައުންސިލްގެ އިޢުލާނު ނަންބަރު:  (IUL)23-MAHC/23/2022/297 ބާތިލުވާނެ ކަމުގައި ދަންނަވަމެވެ.  

28 މޭ 2025