ދިވެހިރާއްޖެ
ޕްރީކޮލިފައިވުމަށް ހުށަހެޅުމުގެ ދަޢުވަތު
01. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ތިރީގައިވާ ތާވަލުގައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީން ކުރި ނަންބަރު (IUL)13-K/13/2025/98 (19 މޭ 2025) އިޢުލާނު ތިރީގައިވާ ގޮތަށް އިސްލާޙުކޮށްފީމެވެ.
ޕްރޮކިއުމަންޓު ނަންބަރު |
ޕްރޮކިއުމަންޓް ނަން |
TES/2025/W-013 |
ޑިޒައިން އެންޑް ބިލްޑް އުސޫލުން ރ. ރަސްމާދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް |
TES/2025/W-014 |
ޑިޒައިން އެންޑް ބިލްޑް އުސޫލުން ޅ. ކުރެންދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް |
TES/2025/W-015 |
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކ. ގުރައިދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް |
TES/2025/W-016 |
ޑިޒައިން އެންޑް ބިލްޑް އުސޫލުން މ. ކޮޅުފުށީގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް |
TES/2025/W-019 |
ޑިޒައިން އެންޑް ބިލްޑް އުސޫލުން ތ. ހިރިލަނދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް |
TES/2025/W-017 |
ޑިޒައިން އެންޑް ބިލްޑް އުސޫލުން ގއ. ގެމަނަފުށީގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް |
TES/2025/W-020 |
ޑިޒައިން އެންޑް ބިލްޑް އުސޫލުން ގއ. ކޮލަމާފުށީގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް |
TES/2025/W-021 |
ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ހޯނޑެއްދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް |
TES/2025/W-022 |
ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ފަރެސްމާތޮޑާގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް |
TES/2025/W-023 |
ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ފިޔޯރީގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް |
- މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު"
- މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓު އެންޑް ޓްރޭޑްގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ"
03. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން..ސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (R-158/2023) އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ އަދި ފައިނޭންސިންގ މޮޑަލްސްތައް ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓުގައި ބަޔާންކުރެވިފައިވާނެއެވެ.
04. މި ޕްރީކޮލިފިކޭޝަނުގައި ބައިވެރިވުމަށް -/1,500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 23 އެޕްރީލް 2025 އިން 15 ޖޫން 2025 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.
05. މި މަސައްކަތުގެ ޕްރީކޮލިފިކޭޝަނާއި ބެހޭ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv އިން 24 އެޕްރީލް 2025 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ޕްރީކޮލިފިކޭޝަނާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޕްރީކޮލިފިކޭޝަނަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
06. މި ޕްރޮޖެކްޓުގެ ޕްރީކޮލިފިކޭޝަނާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 20 މޭ 2025ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
07. ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 17 ޖޫން 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00:00ގެ ކުރިންނެވެ. އަދި މި އެޕްލިކޭޝަންތައް ހުޅުވުން އޮންނާނީ 18 ޖޫން2025 ވާ ބުދަ ދުވަހުގެ 10:00:00ގައެވެ.
08. ބީލަން ޕޯޓަލް މެދުވެރިކޮށް ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރައްވަންވާނެއެވެ. ބީލަންޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅުމުގައި ޢަމަލު ކުރަން ޖެހޭ ގޮތުގެ ގައިޑެއް ބީލަން ޕޯޓަލް އިން(https://beelan.finance.gov.mv/) ލިބެން ހުންނާނެއެވެ. އަދި އެ ގައިޑްގައިވާ މަޢުލޫމާތާ އެއްގޮތަށް ބިޑު ހުށަހެޅުމުގެ އެންމެހައި ކަންކަން ފުރިހަމަ ކުރުމަކީ ބިޑު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ.
09. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓް،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : +960 3349147,+960 3349106+960 3349117
އީމެއިލް : [email protected]
ކޮޕީ : [email protected]