ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GAAH-HR/2015/42
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 14 ސެޕްޓެންބަރު 2015 14:30
ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.

މަޤާމު

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ގއ. އަތޮޅު ހޮސްޕިޓަލް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ހޮސްޕިޓަލާއި، މި އަތޮޅުގެ ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގައި ބޭނުންކުރާ ކޮމްޕިއުޓަރތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ބަލައި، އެކަންކަން ޙައްލުކުރުން.
  • ކޮމްޕިއުޓަރުތަކާއި، ހޮސްޕިޓަލުގެ ނެޓްވާރކަށް ދިމާވެދާނެ މައްސަލައަކަށްޓަކައި އެތަކެތި ޗެކްކޮށް، ޚިދުމަތް ދިނުމަށް ފަސޭހަގޮތްތައް ހަމަޖައްސައި، އެކަމުގެ އެންމެހައި އިންތިޒާމްތައް ބެލެހެއްޓުން.
  • އަތޮޅުގެ ޞިއްޙީ މަރުކަޒުތަކަށް ދަތުރުކޮށް އެތަންތަނުގައި ހުންނަ ކޮމްޕިއުޓަރތަކާއި، އިންޓަރނެޓް މައްސަލަތައް ބަލައި، އެކަންކަން ޙައްލުކުރުން.

 

 

 

 

 

 

ތަޢުލީމާއި ތަޖުރިބާ

  • އިންފޮމޭޝަން ޓެކްނޮލޮޖީ (ސޮފްޓްވެއަރ ޑިޒައިނިންގ އެންޑް ޑިވެލޮޕްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ނެތްވާރކް މެނޭޖްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ކޮމްޕިއުޓަރ ހާރޑްވެއަރ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ވެބް ޕްރޮގްރާމިންގ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ޑާޓާބޭސް އެޑްމިނިސްޓްރޭޝަން)، އިންފޮމޭޝަން ޓެކްނޮލޮޖީ (ސިސްޓަމް އެޑްމިނިސްޓްރޭޝަން) ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިންފޮމޭޝަން ތެކްނޮލޮޖީ (ސޮފްޓްވެއަރ ޑިޒައިނިންގ އެންޑް ޑިވެލޮޕްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ނެތްވާރކް މެނޭޖްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ކޮމްޕިއުޓަރ ހާރޑްވެއަރ)، އިންފޮމޭޝަން ތެކްނޮލޮޖީ (ވެބް ޕްރޮގްރާމިންގ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ޑާޓާބޭސް އެޑްމިނިސްޓްރޭޝަން)، އިންފޮމޭޝަން ޓެކްނޮލޮޖީ (ސިސްޓަމް އެޑްމިނިސްޓްރޭޝަން) ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • އިންފޮމޭޝަން ޓެކްނޮލޮޖީ (ސޮފްޓްވެއާރ ޑިޒައިނިންގ އެންޑް ޑިވެލޮޕްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ނެތްވާރކް މެނޭޖްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ކޮމްޕިއުޓަރ ހާރޑްވެއަރ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ވެބް ޕްރޮގްރާމިންގ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ޑާޓާބޭސް އެޑްމިނިސްޓްރޭޝަން)، އިންފޮމޭޝަން ޓެކްނޮލޮޖީ (ސިސްޓަމް އެޑްމިނިސްޓްރޭޝަން) ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް  ހާސިލްކޮށްފައިވުން. ނުވަތަ:
  • އިންފޮމޭޝަން ޓެކްނޮލޮޖީ (ސޮފްޓްވެއާރ ޑިޒައިނިންގ އެންޑް ޑިވެލޮޕްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ނެތްވާރކް މެނޭޖްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ކޮމްޕިއުޓަރ ހާރޑްވެއަރ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ވެބް ޕްރޮގްރާމިންގ)، އިންފޮމޭޝަން ޓެކްނޮލޮޖީ (ޑާޓާބޭސް އެޑްމިނިސްޓްރޭޝަން)، އިންފޮމޭޝަން ޓެކްނޮލޮޖީ (ސިސްޓަމް އެޑްމިނިސްޓްރޭޝަން) ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް  ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން  ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ޢާއްމުކޮށް މަސައްކަތް އޮންނާނެ ގަޑި

ސަރުކާރުގެ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:00 ން ހަވީރު 3:00 ށް

ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ އެލަވަންސާއި، ރިސްކް އެލަވަންސް.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުނާނެއެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ www.health.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާގެ (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންންންވާނެއެވެ.)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ތަމްރީން (ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި ސެމިނާރު) ފަދަ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ އެކަމުގައި ބައިވެރިވިކަމުގެ ލިޔުންތައް. (މި ލިޔުމިގައި، ފުރިހަމަކުރި ތަމްރީނާއި، ތަމްރީނުގެ މުއްދަތު އެނގެން އޮންނަންވާނެއެވެ.)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 ސެޕްޓެންބަރު 14 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ގއ. އަތޮޅު ހޮސްޕިޓަލަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި، ގއ. އަތޮޅު ހޮސްޕިޓަލުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 6820070 ނަންބަރު ފޯނަށެވެ. 

03 ސެޕްޓެންބަރު 2015