ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
(ޕްރޮޖެކްޓް ނަންބަރު: TES/2025/C-003)
01. އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އެދިލެއްވުމުގެ މަތިން މާލެ ސެންޓަރ ޕޮއިންޓު ތަރައްޤީކުރުމުގެ މަސައްކަތަށް ބޭނުންވާ ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީގެ ނަންބަރު (IUL)13-K/13/2025/67 (6 މޭ 2025) އިޢުލާނު ތިރީގައިވާ ގޮތަށް އިސްލާޙުކޮށް މިސައްކަތަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
02. މި ޕްރޮޖެކްޓުގެ މަޤްޞަދަކީ މާލޭ ސެންޓަރ ޕޮއިންޓް (އެމްސީޕީ) ތަރައްޤީކުރުމަށް ބޭނުންވާ ކޮމްޕްރިހެންސިވް ސަރވޭއެއް ކުރުމާއި، މާސްޓަރ ޕްލޭން ހެދުމާއި، ޑިޒައިން ކޮންސެޕްޓް އެކުލަވާލުމާއި، އަދި ބޭނުންވާ ޓެކޓެކްނިކަލް ސްޕެސިފިކޭޝަންތަކާއި ޓެންޑަރ ޑޮކިއުމަންޓުތައް ތައްޔާރުކުރުމެވެ.
03. މަތީގައި ދެންނެވިފައިވާ މަސައްކަތައް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ފަންނީ ޤާބިލު ކަން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ޤާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ. މި ޚިދުމަތްދޭނެ ފަރާތެއް ޝޯޓްލިސްޓް ކުރުމަށް ހަމަޖެހިފައިވާ ކްރައިޓީރިއާއަކީ؛15 (i) އަހަރު ދުވަހުގެ ޖެނެރަލް އެކްސްޕީރއަންސް؛ (ii) މިފަދަ މަސައްކަތްތަކުގައި މަދުވެގެން 10 އަހަރު ދުވަހުގެ ޚާއްޞަ ތަޖުރިބާ ލިބިފައިވުން. ((iiiކީ އެކްސްޕަރޓްސް ހުރިކަން އެނގެން އޮތުން ހިމެނެއެވެ. ޝޯޓްލިސްޓް ކުރުމުގެ މިމަރުހަލާގައި ކީ އެކްސްޕާޓްސްގެ ބައި އިވެލުއޭޓް ކުރުމަށް ހަމަޖެހިފައި ނުވެއެވެ.
04. ކޮންސަލްޓަންޓުން އެހެން ފާމްތަކާ ގުޅިގެން އެ ފަރާތްތަކުގެ ކޮލިފިކޭޝަން އިތުރުކުރެވިދާނެއެވެ. ނަމަވެސް އެ އެސޯސިއޭޝަނަކީ ޖޮއިންޓް ވެންޗާއެއްކަން ނުވަތަ ސަބް ކޮންސަލްޓެންސީއެއްކަން ސާފުކޮށް އަންގައިދޭން ޖެހޭނެެއެވެ. ޖޮއިންޓް ވެންޗާއެއް ނަމަ، މުޅި ކޮންޓްރެކްޓުގެ ޒިންމާ އުފުލަން ޖެހޭނީ ޖޮއިންޓް ވެންޗާގެ ހުރިހާ ޕާޓްނަރުން ގުޅިގެންނެވެ.
05. ކޮންސަލްޓަންޓެއް ހޮވާނީ ޕްރޮކިއުމަންޓް ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއުސީބީއެސް) މެތަޑާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
06. ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅަންވާނީ ޓާމްސް އޮފް ރެފަރެންސް (ޓީއޯއާރު) ގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި އޭގައިވާ އެންމެހައި މައުލޫމާތު ހިމެނޭހެންނެވެ.
07. މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.
08. މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 7 މޭ 2025ވާ ބުދަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިމަސައްކަތާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
09. ވީމާ، މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖޫން 2025 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : +960 3349117, +960 3349106, +960 3349147
އީމެއިލް : [email protected]
ކޮޕީ : [email protected]