މަސައްކަތް
ނަންބަރު: (IUL)416-ESM&PS/416/2025/46
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2025
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 10 ޖޫން 2025 13:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ

ގދ. މަޑަވެލި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ކުރެހުމާއި، މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ޕޭރެންޓް ޕޯސްޓެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިއިޢުލާނާއިއެކު، މި މަސައްކަތުގެ 'މަޢުލޫމާތު ކަރުދާހާއި ކުރެހުން' އަދި 'އަގުހުށަހަޅާ ފޯމު' އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، 10 ޖޫން 2025 ވަނަ ދުވަހުގެ މެންދުރު 13:00 އާއި ހަމައަށް، މިއިދާރާގެ އީ-މެއިލް:  [email protected] އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅަންވާނީ، މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ، 'އަގުހުށަހަޅާ ފޯމު' ންނެވެ. އަގުހުށަހަޅާ ފޯމާއިއެކު، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ޖީއެސްޓީ ދައްކާ ފަރާތެއްނަމަ، ޖީއެސްޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މިއިދާރާގެ 'އަގުހުށަހަޅާ ފޯމު' ނުހިމަނައި ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތަކާއި އަދި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބިޑްތައް އިވެލުއޭޓް ކުރުމުގެ ތެރެއިން ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.  

 

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 މޭ 2025