ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)182/182/2025/23
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2025
ޕަބްލިޝްކުރި ގަޑި: 08:52
ސުންގަޑި: 12 ޖޫން 2025 13:30
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ފުޑް ކޮލިޓީ އެޝޫރަންސް އޮފިސަރ

މަޤާމު

ފުޑް ކޮލިޓީ އެޝުއަރަންސް އޮފިސަރ

މަޤާމުގެ ނަންބަރު

           J-389257

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕީ.އެސް.އާރް 5- ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ފުޑް ކޮންޓްރޯލް ޑިވިޜަން / ފުޑް ބޯޑަރ ކޮންޓްރޯލް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މުސާރަ

-/9498 ރުފިޔާ

ސަރވިސް އެލަވަންސް

-/4432 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް. (01 މެއި 2023ގެ އިސްލާހާއި އެއްގޮތަށް)
  3. ހާޒިރީ އިނާޔަތް: ހާޒިރުވާ  ކޮންމެ ދުވަހަކަށް -/120

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ދިވެހިރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ޝިޕްމަންޓްތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާ ޤަވާޢިދުތަކާއި، އުޞޫލު ގެ ދަށުން ހެދިފައިވާ  ޕްރޮސީޖަރގައި ކަނޑައެޅިފައިވާ ގޮތަށް ޕޯރޓު އޮފް އެންޓްރީގައި ހެލްތު ކްލިއަރަންސް ދިނުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން
  2. ދިވެހިރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ހިފެހެއްޓުމަށްޓަކައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި ގަވާއިދުތަކުގެ މަތިން ކާބޯތަކެތި ޕޯޓް އޮފް އެންޓްރީގައި އިންސްޕެކްޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  3. ދިވެހިރާއްޖެއަށް އެތެރެކުރެވޭ ކާބޯތަކެތި ބަލާ ފާސްކުރުމަށްފަހު އެތަކެތީގެ ތެރެއިން ޤަވައިދަށް ނުވަތަ މިންގަނޑުތަކަށް ނުފެތޭ ކާބޯތަކެތި ހިފެހެއްޓުމަށް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ހިފެހެއްޓުމާއި، އެކަމާއިގުޅޭ ލިޔެކިޔުން ފުރިހަމަކޮށް ބެލެހެއްޓުން
  4. ރާއްޖެއަށް އިމްޕޯޓްކުރާ ކާބޯތަކެތީގެ މަޢުލޫމާތު (އޮތޯރިޓީން ކަނޑައަޅާފައިވާ މަޢުލޫމާތާއި ތަފާސްހިސާބުގެ ރެކޯރޑް) ބެލެހެއްޓުމާއި ކަނޑައެޅިފައިވާ ގޮތުގެމަތިން ރިޕޯރޓްކުރުން.
  5. ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ހިފަހައްޓާ ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގައި ކާބޯތަކެތި އުފައްދާ، ތައްޔާރުކޮށް، ބަންދުކޮށް، ޚިދުމަތްދީ އަދި ގުދަން ކުރާ ތަންތަނާއި އަދި ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމުގައި ބޭނުންކުރާ އުޅަނދުފަހަރުތައް ކާބޯތަކެތީގެ ރައްކާތެރި ކަމާބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް ކުރަންޖެހޭ އިންސްޕެކްޝަންސްތައް ކުރުމަށް އެހީތެރިވުން.
  6.  ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް ކުރަންޖެހޭ އިސްޕެކްޝަންސްތަކާއި ސާމްޕަލް ނެގުމުގައި އެހީތެރިވުން.
  7.  މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ފޯރުކޮށްދޭ ޚިދުމަތްތަކާއިމެދު ޚިދުމަތްހޯދާ ފަރާތްތަކުގެ އިތުބާރު ހޯދުމަށް މަސައްކަތްކުރުން.
  8.  އޮފީހުގެ މަސައްކަތާއި ގުޅޭގޮތުން، ކަނޑައެޅޭ މަސައްކަތްތައް، ޑިއުޓީ އަދި މަސައްކަތު ތާވަލް އާ އެއްގޮތަށް މަސައްކަތްކުރުން.
  9. ޚިދުމަތް ހަރުދަނާކޮށް ތަރައްޤީކުރުމަށް ހިންގާ ތަމްރީން ޕްރޮގްރާމް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުން.
  10. ޞިއްޙީ އެކިއެކި ކާރިސާއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ އަދި އޮފީހުގެ ރަސްމީ އެކިއެކި ކަންކަމާ ގުޅިގެން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • އެގްރިކަލްޗަރަލް އެންޑް ފުޑް ޑޭޓާ މެނޭޖްމަންޓް  
  • އެގްރިކަލްޗަރަލް އެންޑް ފުޑް އިކޮނޮމިކްސް  
  • އެގްރިކަލްޗަރަލް ބަޔޯ ޓެކްނޯލޮޖީ  
  • އެގްރިކަލްޗަރަލް ކެމިސްޓްރީ  
  • އެގްރިކަލްޗަރަލް ފުޑް ޓެކްނޮލޮޖީ  
  • އެގްރިކަލްޗަރަލް ފުޑް އެންޑް އެންވަޔަރަންމަންޓަލް ޕޮލިސީ އެނަލިސިސް  
  • އެގްރިކަލްޗަރަލް ސައިންސް  
  • އެގްރި-ފުޑް ބިޒްނަސް މެނޭޖްމަންޓް  
  • އެގްރި-ފުޑް އިކޮނޮމިކްސް އެންޑް ޓްރޭޑް  
  • އެގްރި-ސަސްޓެއިނަބިލިޓީ އެންޑް ޓެކްނޯލޮޖީ  
  • އެގްރޯ ބަޔޯ ޓެކްނޯލޮޖީ  
  • އެގްރޯ ކެމިކަލްސް  
  • އެގްރޯ ފުޑް ޗެއިން  
  • އެނަލިޓިކަލް ކެމިސްޓްރީ  
  • އެންވަޔަރަންމަންޓަލް ބަޔޯ ޓެކްނޮލޮޖީ  
  • އެންވަޔަރަންމަންޓަލް ބަޔޮލޮޖީ  
  • އެންވަޔަރަންމެންޓަލް ކެމިސްޓްރީ  
  • އެންވަޔަރަންމެންޓަލް ސައިންސް  
  • ފުޑް ޕްރޮސެސިންގް  
  • ފުޑް ކޮލިޓީ އެޝުއަރެންސް  
  • ފުޑް ކޮލިޓީ މެނޭޖްމަންޓް  
  • ފުޑް ސޭފްޓީ  
  • ފުޑް ސޭފްޓީ މެނޭޖްމަންޓް  
  • ފުޑް ސައިންސް  
  • ފުޑް ސައިންސް އެންޑް ޓެކްނޮލޮޖީ  
  • ފުޑް ސެކިއުރިޓީ  
  • ފުޑް ސަރވިސް މެނޭޖްމަންޓް  
  • ފުޑް ޓެކްނޯލޮޖޯ  
  • އިނޮވޭޝަން އިން ފުޑް އެންޑް އެގްރިކަލްޗަރ  
  • މެޑިކަލް ބަޔޮލޮޖީ  
  • މައިކްރޯބަޔޮލޮޖީ  
  • ކޮލިޓީ އެންޑް ސޭފްޓީ އިން ހެލްތް ކެއަރ މެނޭޖްމަންޓް  
  • ކޮލިޓީ އެޝުއަރެންސް  
  • ކޮލިޓީ އެޝުއަރެންސް އެންޑް ރެގިއުލޭޓަރީ އެފެއާޒް  
  • ކޮލިޓީ އެޝުއަރަންސް އެންޑް ރެގިއުލޭޓަރީ ސައިންސް  
  • ކޮލިޓީ މެނޭޖްމަންޓް  
  • ރެގިއުލޭޓަރީ އެފެއާޒް  
  • ސަސްޓެއިނަބަލް އެގްރިކަލްޗަރ އެންޑް ފުޑް ސެކިއުރިޓީ  
  • ސަސްޓެއިނަބަލް ފުޑް އެންޑް އެގްރިކަލްޗަރަލް ޕޮލިސީ 

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ފުޑް ސޭފްޓީ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ،އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓު ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

 6. މަގާމަށް ޢައްޔަންކުރާއިރު ފުރިހަމަކުރުން ލާޒިމު ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) "ހަޒާޑް އެނަލިސިސް ކްރިޓިކަލް ކޮންޓްރޯލް ޕޮއިންޓް" (އެޗް.އޭ.ސީ.ސީ.ޕީ) ސެޓްފިކޭޝަންގެ ކޮޕީ.

(ށ) ފުޑް ސޭފްޓީ އެންޑް ކޮލިޓީ އޮޑިޓަރ ސެޓްފިކޭޝަން (ސީ.އެފް.އެސް.ކިއު.އޭ).

(ނ) ފުޑް ސޭފްޓީ (އައި.އެސް.އޯ 22000) އޮޑިޓަރ ސެޓްފިކޭޝަން.

(ރ) ފުޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމްސް (އެފް.އެސް.އެމް.އެސް) ގެ އޮޑިޓަރ ސެޓްފިކޭޝަން. 

 7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 12 ޖޫން 2025 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު  އަދި        އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އަދި އިންޓަރވިއު އޮންނާނީ، 2025 ޖޫން މަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3034203 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

25 މޭ 2025