މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2025/143
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2025
ޕަބްލިޝްކުރި ގަޑި: 08:43
ސުންގަޑި: 03 ޖޫން 2025 10:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ. ގުރައިދޫ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ވާރޑް 5 ގައި ކުރަން ހުރި މަރާމަތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

        އިޢުލާން

 

ކ. ގުރައިދޫ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ވާރޑް 5 ގައި ކުރަން ހުރި މަރާމަތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 25 މޭ 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 03 ޖޫން 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. މިއިއުލާނާއި ގުޅޭ ޕްރީބިޑް މީޓިން އޮންނާނީ 04 ޖޫން 2025 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ކ. ގުރައިދޫ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ގައެވެ.  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 ޖޫން 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަސް 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 ޖޫން 2025 ވާ ބުދަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

               27 ޒުލްޤައިދާ 1446ހ.

25 މޭ 2025