މަސައްކަތް
ނަންބަރު: (IUL)320-FNP/320/2025/68
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2025
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 26 މޭ 2025 13:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަލްޓިޕާރޕަސް ހޯލަށް 10 (ދިހައެއް) މޭޒު ޖަހާދޭނެ އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން

            މި އިދާރާއިން ފޯރު ކޮށްދޭ ކުރެހުމާއި އެއްގޮތަށް 10 މޭޒު ޖަހާދޭނެ އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލަމެވެ. މިކަމަށް އެދި ކޯޓޭޝަން ހުށަހަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ކޯޓޭޝަންއެކެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތައް ބަލައި ނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަ ނުވާ ކޯޓޭޝަންތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަސައްކަތުގެ އަގު ހުށަހަޅާއިރު މަސައްކަތުގެ މުއްދަތާއިއެކު ހުށަހެޅުމަށްވެސް ދެންނެވީމެވެ.

           ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 26 މެއި 2025  ވާ ހޯމަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  9999745އަށް ގުޅުއްވުން އެދެމެވެ.

22 މޭ 2025