ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)302-E/302/2025/33
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި:
29 މޭ 2025 13:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ޚަރަދުގައި ހުޅުދުއްފާރުގެ ރައްޔިތުންނަށް ދޭ ޢުމްރާ ދަތުރާއި ގުޅޭ
ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ޚަރަދުގައި 1447 ވަނަ އަހަރު ހުޅުދުއްފާރުގެ ރައްޔިތުންގެ ތެރެއިން 7 މީހަކު ޢުމްރާއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ޢުމްރާއަށް މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ 3 މީހުންނަށެވެ. އަދި ދެވަނަ ބުރުގައި 4 މީހުންނަށެވެ. ފުރަތަމަ ބުރުގައި ފުރުޞަތު ދެވޭނީ އެންމެ ފުރަތަމަ ގުރުއަތުން ހޮވޭ 3 މީހުންނަށެވެ. މިފުރުޞަތު ދެވިގެންދާނީ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- އުމުރުން 30 އަހަރުވެފައިވުން.
- ހުޅުދުއްފާރުގެ ރަށްވެއްސަކަށްވުން.
- މީގެ ކުރިން ފަރުޟު ޙައްޖެއް ނުވަތަ ޢުމްރާއެއް އަދާކޮށްފައިވާ މީހަކަށް ނުވުން.
7 މީހުންނަށްވުރެ އިތުރަށް ޝަރުޠު ހަމަވާ މީހުން ކުރިމަތިލާފައިވާނަމަ ފުރުޞަތު ދެވޭ މީހުން ހޮވާނީ ގުރުއަތުންނެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2025 މެއި 29 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ފޯމު ހުށައެޅުއްވުން އެދެމެވެ.
22 މޭ 2025