މަސައްކަތް
ނަންބަރު: (IUL)326/PRIV/2025/27
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2025
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 19 ޖޫން 2025 10:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް އުޞޫލުން، ޅ.ހިންނަވަރުގައި ސްކޭޓް ޕާކެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

މިއީ، ހިންނަވަރު ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ޑިޒައިން އެންޑް ބިޑް އުޞޫލުން، ޅ.ހިންނަވަރު ފެން ޕްލާންޓް ގެ އުތުރުން އަލަށް ހިއްކާފައިވާ ސަރަހައްދުގައި ސްކޭޓް ޕާކެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށް، ބިޑް ހުށަހެޅުމަށް ހުޅުވާލަމެވެ.

މި މަސައްކަތާ ޙަވާލުވާ ކޮންޓްރެކްޓަރއަށް ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމާއި އެއްގޮތަށް އާމްދަނީ ލިބޭނޭހެން ވިޔަފާރި ކުރުމަށް، ހިންނަވަރުގެ ފެނަކަ ފުރަގަހުން އުތުރަށް އޮތް ހުސްބިން (8208 އަކަ ފޫޓް) ކުއްޔަށް ދޫކުރެވޭނެއެވެ.

ޕްރީބިޑް މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 29މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި،  ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމްވާނެއެވެ.

ބިޑް (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް ހުޅުވުން އޮންނާނީ 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

 

އިތުރު މަޢުލޫމާތު:

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

 

22 މޭ 2025