މަސައްކަތް
ނަންބަރު: 198-G/2025/26
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2025
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 02 ޖޫން 2025 10:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ތީމުގޭގައި ހުރި ޢިމާރާތްތަކުގެ ބޭރުގައި ކުލަލުމުގެ މަސައްކަތާއި އިމާރާތުގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

ތީމުގޭގައި ހުރި ޢިމާރާތްތަކުގެ ބޭރުގައި ކުލަލުމުގެ މަސައްކަތާއި އިމާރާތުގައި ކުރަންހުރި ބައެއް މަރާމާތުގެ  މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލަނު ކުރަމެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 2025 މޭ 27 ވަނަ ދުވަހުގެ 12:00 ގައި މިޑިޕާޓްމަންޓްގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް 2025 ޖޫން 02 ވަނަދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން ހުށައެޅުއްވުން އެދެމެވެ.

މި އިޢުލާނާއެކު ގެޒެޓުގައި އާއްމުމަޢުލޫމާތު ޝީޓު ޝާޢިއުކުރެވިފައިވާތީ، މަޢުލޫމާތަށް ހާޟިރުވާފަރާތްތަކަށް އެ މަޢުލޫމާތު ކަރުދާހުގެ އިތުރުކޮޕީއެއް ޕްރިންޓްކޮށްފައި ނުދޭނެއެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 މޭ 2025