ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)302-E/302/2025/32
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:52
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ހުޅުދުއްފާރުގައި ކަނޑު އުޅަނދުފަހަރުގެ ލައިސެންސްގެ ޚިދުމަތް ފެށުމާއި ގުޅޭ

ރ. ހުޅުދުއްފާރުގައި ކަނޑު އުޅަނދުފަހަރުގެ ލައިސެންސް ދޫކުރުމުގެ ޚިދުމަތް މިހާރު ލިބޭގޮތަށް ހަމަޖެހިފައިވުމާއެކު، ލައިސެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

ވީމާ ކަނޑު އުޅަނދުގެ ލައިސެންސް ނެގުމަށް އެދޭ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކުން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ML-1) އާއެކު،  ކަނޑުއުޅަނދުގެ ސަލާމަތާއި ބެހޭ ޤަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނިޔަމި ކަމުގެ ސެޓްފިކެޓް 2 ނުވަތަ 1 ނުވަތަ ސްކިޕާސް ކްލާސް 5 ގެ ސެޓްފިކެޓްގެ ކޮޕީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ކަނޑު އުޅަނދުގެ ލައިސެންސަށް އެދޭ ފަރާތުގެ 2 (ދޭއް) އަހަރު ދުވަސް ހަމަނުވާ މެޑިކަލް ސެޓްފިކެޓާއި އެކު ހުށަހެޅުއްވުން އެދެމެވެ.

21 މޭ 2025