ދިވެހިރާއްޖެ
ރ.ހުޅުދުއްފާރު ބަނދަރު ސަރަޙައްދުން 5 ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ، ބިން ދޫކުރުމަށް 3 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، 2025 މެއި 28 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު، [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް މެއިލްކުރެވޭނެއެވެ. އަދި ޕްރޮޕޯސަލް ހުށަހަޅުއްވާނީ 2025 ޖޫން 15 ވާ އާދީއްތަ ދުވަހުގެ 13:00ށް ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށެވެ.
- ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް: ބަނދަރު ބިންތަކުގެ ސަރަޙައްދު ޗާޓްގައިވާ Plot Number 59.1.1 Plot Number 59.1.4 , Plot Number 59.1.3 , Plot Number 59.1.2 އަދި Plot Number 59.1.5
- ބިން ކުއްޔަށް ދޫކުރާ މުއްދަތު: 25 އަހަރު
- ހުށައެޅޭނެ އެންމެ ކުޑަކުލި: މަހަކު އަކަފޫޓަކަށް 2 (ދޭއް) ރުފިޔާ. އަދި ކޮންމެ 5 (ފަހެއް) އަހަރަކުން އަގަށް 5% (ފަހެއް އިންސައްތަ) އިތުރު ކުރެވޭނެ. މިގޮތަށް %5 (ފަހެއް އިންސައްތަ) އިތުރުކުރެވޭނީ ހިނގަމުންދާ އަގުގެ ތެރެއަށެވެ.
- ކުއްޔަށް ދޫކުރާ ބިންތަކުގައި ނުކުރެވޭނެ މަސައްކަތްތައް:
1- މަހުގެ މަސައްކަތް ( ލޮނުމަސްއެޅުމާއި، މަސްކެއްކުމާއި، ރިހާކުރު ކެއްކުން ފަދަ )
2- ވަޑާންކުރުމުގެ މަސައްކަތް
3- ވޯކްޝޮޕް ހެދުން
4- ކެމިކަލް ގުދަންކުރުން ( ރެސިން،ހާޑްނަރ ، ފައިބަރ އާއިގުޅޭ އެންމެހާ ސާމާނު ފަދަ )
5- ގޭސް ގުދަންކުރުން
6- މުޅިބިން ގުދަނުގެގޮތުގައި ބޭނުންކުރުން
7- ތެލުގެ ވިޔަފާރިކުރުން (ޑީސަލް/ޕެޓްރޯލް/ކަރާސީން/އަޑީތެޔޮފީފާ)
8- ސިޔާސީ އެއްވެސް ހަރަކާތަކަށް ބޭނުންކުރުން
9- ބަންދުކޮށްގެން ކޮށީގައި ގެންގުޅޭ ޖަނަވާރުފަދަ ތަކެތި ގެންގުޅުން. (ގެރި ބަކަރި ކުކުޅު ފަދަ ތަކެތި)
10- ދާއިމީގޮތަކަށް އަޑުގަދަވުމުގެ ސަބަބުން އުނދަގޫވާފަދަ މަސައްކަތްތައް ކުރުން. (އަޑުގަދަކޮށް މިއުޒިކާއި ލަވަޖަހައިގެން ހިންގާ ހަރަކާތްތައް)
- ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ އުޞޫލް:
ތަފްޞީލް |
އެންމެ މަތިން ދެވޭޕޮއިންޓް |
ތަޖުރިބާ / ޕްރޮފައިލް ވިޔަފާރީގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާ (ކޮންމެ އަހަރަކަށް 1 ޕޮއިންޓްސް، ގިނަވެގެން 3) |
3 |
ބިޑް ހުށަހަޅާ ފަރާތަކީ ހުޅުދުއްފާރުގެ ރައްވެއްސެއްނަމަ ނުވަތަ ހުޅުދުއްފާރުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިއެއްނަމަ |
5 |
ބިނާ ކުރާ އިމާރާތުގެ ޑިޒައިން |
5 |
ހުށައަޅާފައިވާ ކުލި؛ އެންމެ ބޮޑު ކުއްޔަށް 60 ޕޮއިންޓް ދެން ނިސްބަތުން |
60 |
ކުއްޔަށް ހިފަން ހުށަހަޅާ ބިމުގައި އިންވެސްޓް ކުރާނެ މިންވަރު (ހުށަހަޅާ އެންމެ ބޮޑު އިންވެސްޓްއަކަށް 5، ދެން ނިސްބަތުން.) |
5 |
ހުށަހަޅާ ކުރެހުމާއި އެއްގޮތަށް މަސައްކަތް ނިންމާނެ މުއްދަތު. ( ހުށަހަޅާ މުއްދަތަކީ އެކަށީގެން މުއްދަތަކަށް ވާންވާނެއެވެ. އަދި އެކަށީގެންވާ މުއްދަތެއް ނޫންކަމުގައި ވާނަމަ ބިޑް ބާތިލް ކުރުމުގެ ބާރު ބިޑް ކޮމިޓީއަށް ލިބިގެންވެއެވެ.)
(މިބަޔަށް ޕޮއިންޓް ދެވޭނީ ޕްރޮޕޯސް ކުރާ އިމާރާތުގެ ފަންގިފިލާގެ އަދަދަށް ކެޓަގަރައިޒް ކުރުމަށްފަހު ހުށަހަޅާ އިމާރާތް ފެތޭ ކެޓަގަރީއަކުންނެވެ.)
|
5 |
އިމާރާތުގެ ފަންގިފިލާ ގެ އަދަދު (އެންމެ އުސްވެގެން އިމާރާތްކުރެވޭނީ 4 ފަންގިފިލާއަށެވެ.) (ގްރައުންޑް ފްލޯގެ އިތުރުން މައްޗަށް ނަގާ ކޮންމެ ފްލޯ އަކަށް 5 ޕޮއިންޓް، ގިނަވެގެން 12 ޕޮއިންޓް) |
12 |
ބިޑްކާމިޔާބުވެއްޖެނަމަ ސީއެސްއާރުގެ ދަށުން ހުޅުދުއްފާރުގެ އިޖްތިމާއީ ތަރައްޤީއަށް އަހަރެއްގެ މައްޗަށް ޙަރަދު ކުރާނެ މިންވަރު |
5 |
- މިކަމަށް އެދި ކުރިމަތިލެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަކީ 18 އަހަރުންމަތީ ދިވެހިރާއްޖޭގެ ރައްޔިތެއް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ގާނޫނީ އިދާރާއެއް ނުވަތަ ޝަހުސެއް ކަމުގައިވުން.
- އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަކީ އިސްލާމްދީނާއި ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފު ހަރަކާތްތަކެއް ހިންގުމުގެ ރެކޯޑް އޮތް ފަރާތަކަށް ވެގެން ނުވާނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަކީ މާލީ ހާލަތު ރަނގަޅު އަދި ކުލި ދެއްކުމުގެ ޤާބިލުކަން ހުރި ފަރާތްތަކަކަށް ވާންޖެހެއެވެ.
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 2025 ޖޫން 12 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ އަދި ބިޑް ފޮތް ބައްލަވައިގެންފައި ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބިޑްފޮތުގެ އަގަކީ 500.00 (ފަސްސަތޭކަ) ރުފިޔާއެވެ. ރެޖިސްޓަރ ކުރައްވާ ފަރާތްތަކަށް ބިޑް ގަތުމަށް އެދޭ ފޯމު ފޮނުވޭނެއެވެ. އަދި ފޯމު ފުރިހަމަކޮށް ފައިސާ ދެއްކި ރަސީދާއިއެކު ހުށައެޅުއްވުމުން ބިޑް ޑޮކިއުމަންޓް އެފަރާތަކަށް ފޯރުކޮށްދެވޭނެއެވެ. ރެޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.