ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2025/063
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2025
ޕަބްލިޝްކުރި ގަޑި: 20:39
ސުންގަޑި: 25 މޭ 2025 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2025/063

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

މެނޭޖަރ، ފައިނޭންސް

ޑިޕާޓްމަންޓް/ސެކްސަން:

ފައިނޭންސް

ބޭނުންވާ ޢަދަދު:

01

މަސްޢޫލިއްޔަތު:

-        އެކައުންޓްސް ރިސީވަބަލް ޕްރޮސެސް މެނޭޖްކުރުން

-        ކަސްޓަމަރުންގެ އެކައުންޓްތައް ރިކޮންސައިލްކޮށް، އެއްވެސް ތަފާތެއް ވާނަމަ އެކަން ހައްލުކުރުން

-        އެކައުންޓްސް ރިސީވަބަލް ރިޕޯޓްތައް ތައްޔާރުކޮށް އެނަލައިޒްކުރުން

-        ކަސްޓަމަރުންނާ ގުޅައި ޕޭމަންޓްއާ ބެހޭ އަޕްޑޭޓްތައް ހޯދުން

-        ބޭނުންވާ ކްރެޑިޓް މެނޭޖްމަންޓް ރިޕޯޓުތައް ތައްޔާރުކުރުން

-        ދަޢުވާ ކުރަންޖެހޭ ކަސްޓަމަރުންނަށް ފޮނުވަންޖެހޭ ގާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުން

-        ކްރެޑިޓް ކޮމިޓީގެ މަސައްކަތްތައް

-        ރިސްކް މެނޭޖްމަންޓް

-        ފީސިބިލިޓީ އެނަލިސިސް ހެދުން

-        މާލީ ސްޓްރެޓެޖީތައް އެކުލަވާލުން

-        ޓްރެޜަރީ މެނޭޖްމަންޓް ކުރިއަށް ގެންދާނެ ފައިނޭންސިންގ ފުރުސަތުތައް ހޯދުން

ޝަރުތުތައް:

-        ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ ނުވަތަ ސީމާ (CIMA)/ އޭސީސީއޭ (ACCA) އާ އެއްފެންވަރުގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން

-        މަސައްކަތުގެ ދާއިރާއިން 3 އަހަރުގެ ތަޖްރިބާ ލިބިފައިވުން އަދި އެކައުންޓްސް ރިސީވަބަލް އާއި ކަލެކްޝަން ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެވެ.

-        SAP (ފައިނޭންސް މޮޑިލއުލް) ބޭނުން ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެވެ.

މަހު މުސާރަ:

26،000ރ އާއި 31،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

މަޤާމް:

އޮފިސަރ، ފައިނޭންސް

ޑިޕާޓްމަންޓް/ސެކްސަން:

ފައިނޭންސް

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-        ކަސްޓަމަރުންގެ އެކައުންޓްތަކުގެ ރީކޮންސިލިއޭޝަން ހެދުމާއި ދުވަހުން ދުވަހަށް ބޭންކް ރިކޮންސިލިއޭޝަންތައް ކުރިއަށް ގެންދިއުން

-        ކްރެޑިޓް ކަސްޓަމަރުންގެ އެކައުންޓްތައް މޮނިޓަރކޮށް ބެލެހެއްޓުން

-        ކަސްޓަމަރުންގެ ސްޓޭޓްމަންޓްސް ހަފްތާއަކު އެއްފަހަރު ފޮނުވުން

-        ކަސްޓަމަރުންނާ ގުޅައިގެން ޕޭމަންޓްތަކުގެ އަޕްޑޭޓް ހޯދުން

-        ބޭނުންވާ ކްރެޑިޓް މެނޭޖްމަންޓް ރިޕޯޓްތައް ތައްޔާރުކުރުން

-        ގިނަ ދުވަހު ނުދައްކާ ހުރި ބެލެންސް ސްޓޭޓްމަންޓްތައް ތައްޔާރުކޮށް، ކަސްޓަމަރުންނަށް ރަސްމީ ނޯޓިސް ފޮނުވުން

-        ދަޢުވާ ކުރަންޖެހޭ ކަސްޓަމަރުންނަށް ފޮނުވަންޖެހޭ ގާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުން

-        ކަސްޓަމަރުންގެ އެއްބަސްވުންތައް ތައްޔާރުކުރުން

-         ކްރެޑިޓް ކަސްޓަމަރުންގެ އެއްބަސްވުންތަކުގެ މުއްދަތު ހަމަވުމުން ކަސްޓަމަރުންނަށް އެންގުމާއި، ކްރެޑިޓް އާކުރުމަށް ކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.

-        ވެންޑަރުންނަށް ޕޭމަންޓްތައް ދޫކުރުން

-        ސިޔާސަތާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމުގެ ކަންކަން ވަގުތުން ނިންމާފައިވާކަން ކަށަވަރުކުރުން

-        ފައިސާ ދެއްކުމުގެ ރެކޯޑްތައް ބެލެހެއްޓުން

ޝަރުތުތައް:

-        ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުން ނުވަތަ ސީމާ (CIMA)/ އޭސީސީއޭ (ACCA) އާ އެއްފެންވަރުގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން

-        މަސައްކަތުގެ ދާއިރާއިން 2  އަހަރުގެ ތަޖްރިބާ ލިބިފައިވުން އަދި އެކައުންޓްސް ރިސީވަބަލް އާއި ކަލެކްޝަން ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެވެ.

-        މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން.

-        SAP (ފައިނޭންސް މޮޑިލއުލް) ބޭނުން ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެވެ.

 

މަހު މުސާރަ:

13،000ރ އާއި 16،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

މަޤާމް:

އޮފިސަރ، އެމްޕްލޯއީ ރިލޭޝަންސް

ޑިޕާޓްމަންޓް/ސެކްސަން:

ހިއުމަން ރިސޯސަސް

ބޭނުންވާ ޢަދަދު:

01

މަސްޢޫލިއްޔަތު:

-        މުވައްޒަފުންގެ ޝަކުވާ ބެލެހެއްޓުން

-        ތަހުގީގުތައް ހިންގުމާއި، ބަޔާން ނެގުމާއި، ރިޕޯޓާއި ޔައުމިއްޔާ ލިޔުން

-        ލިޔެކިޔުންތައް  ބެލެހެއްޓުން

-        ހުރިހާ މުވައްޒަފުންގެ މަހު މުސާރަ ސައްހަކަމާއެކު ތައްޔާރުކުރުމާއި ޕްރޮސެސްކުރުމުގައި ކަނޑައެޅިފައިވާ ވަގުތަށް ނިންމުމަށް އެހީތެރިވުން.

-        މުސާރައާއި ގުޅޭ ރެކޯޑުތައް (މުސާރައިގެ ތަފްސީލުތަކާއި، ހާޒިރީއާއި، ޗުއްޓީއާއި، އިތުރުގަޑިއާއި އަދި ކޮންޓްރެކްޓަށް ގެނެވޭ ބަދަލުތައް) އަޕްޑޭޓްކޮށް އަދި ސައްހަކޮށް ބެލެހެއްޓުން.

-        މުސާރައަށް ބޭނުންވާ މަޢުލޫމާތުތައް ތައްޔާރުކޮށް ޗެކްކުރުން، މީގެ ތެރޭގައި އަލަށް ވަޒީފާ ދެވޭ މުވައްޒަފުންނާއި، ވަޒީފާއިން ވަކިވާ/ވަކިކުރެވޭ މުވައްޒަފުންނާއި، މުސާރައަށް ގެނެވޭ ބަދަލުތަކާއި، އަދި ދެވޭ އެލަވަންސްތައް ހިމެނެއެވެ.

-        ހިއުމަން ރިސޯސަސްއާއި ގުޅުންހުރި އެހެނިހެން މަސައަކަތްތައް

ޝަރުތުތައް:

-        ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުން.

-        މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

-        މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން.

މަހު މުސާރަ:

13،000ރ އާއި 16،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

މަޤާމް:

އޮފިސަރ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް

ޑިޕާޓްމަންޓް/ސެކްސަން:

ހިއުމަން ރިސޯސަސް

ބޭނުންވާ ޢަދަދު:

01

މަސްޢޫލިއްޔަތު:

-        ޓްރެއިނިންގ ބަޖެޓް ތައްޔާރުން

-        ޓްރެއިނިންގ ޝެޑިއުލްތައް ކޯޑިނޭޓްކުރުން

-        ޓްރެއިނިންގ އާއި ގުޅޭ ލިޔެކިޔުންތައް އިންތިޒާމުކޮށް ތައްޔާރުކުރުން

-        ޓްރެއިނިންގތަކުގެ ރެކޯޑްތައް ބެލެހެއްޓުން

-        ހިއުމަން ރިސޯސަސްއާއި ގުޅުންހުރި އެހެނިހެން މަސައަކަތްތައް

ޝަރުތުތައް:

-        ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން.

-        މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެވެ.

-        މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން.

-        ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން.

މަހު މުސާރަ:

11،000ރ އާއި 12،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

މަޤާމް:

ސޭލްސް އެސިސްޓަންޓް

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް

ބޭނުންވާ އަދަދު:

03

މަސައްކަތުގެ ބާވަތް:

-        އީޒީފިލް ޝެޑްގައި ތެލުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ކަސްޓަމަރުންނަށް  ތެޔޮ އަޅައިދިނުމުގައި  އެހީތެރިވެދިނުން.

-        ފައިސާ ބަލައިގަތުމާއި، ދޫކުރުމާއި އަދި ދުވަހުން ދުވަހަށް  ފައިސާގެ ހިސާބު ދިމާކުރުރުގެ މަސައްކަތްތައް ކުރުން.

-        އިދާރީ މަސައްކަތެއް ކުރަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ އެ ހަވާލުކުރެވޭ މަސައްކަތެއް ކުރުން.

ޝަރުތުތައް:

-        ގްރޭޑް 8 ފުރިހަމަކޮށްފައިވުން

-        ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

-        ފުރިހަމަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން

މަހު މުސާރަ:

11،000ރ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް އީޒީފިލް ކ.މާލެ އަދި ހުޅުމާލެ ޝެޑް

 

މަޤާމް:

ސޭލްސް އެސިސްޓަންޓް ،އިންޓަރން

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް

ބޭނުންވާ އަދަދު:

02

މަސައްކަތުގެ ބާވަތް:

-        އީޒީފިލް ޝެޑްގައި ތެލުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ކަސްޓަމަރުންނަށް  ތެޔޮ އަޅައިދިނުމުގައި  އެހީތެރިވެދިނުން.

-        ފައިސާ ބަލައިގަތުމާއި، ދޫކުރުމާއި އަދި ދުވަހުން ދުވަހަށް  ފައިސާގެ ހިސާބު ދިމާކުރުރުގެ މަސައްކަތްތައް ކުރުން.

-        އިދާރީ މަސައްކަތެއް ކުރަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ އެ ހަވާލުކުރެވޭ މަސައްކަތެއް ކުރުން.

ޝަރުތުތައް:

-        ގްރޭޑް 8 ފުރިހަމަކޮށްފައިވުން

-        ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

-        ފުރިހަމަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން

މަހު މުސާރަ:

8،000ރ

ވަޒީފާގެ ބާވަތް:

ވަގުތީ (6 މަސް ދުވަސް)

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް އީޒީފިލް ކ.މާލެ އަދި ހުޅުމާލެ ޝެޑް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 25 މޭ 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

20 މޭ 2025

 

 

20 މޭ 2025