ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2025/87
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2025
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 28 މޭ 2025 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުޅިވަރު ކުޅޭ ވަގުތުތަކުގައި ގާޑިޔާ ބެހެއްޓުމުގެ ފުރުޞަތު ހުޅުވާލުން

1446 ވަނަ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން 2025 ޖޫން 06 ވަނަ ދުވަހުން ފެށިގެން 2025 ޖޫން 09 ވަނަ ދުވަހުގެ ނިޔަލަށް އެކި ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިހަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައި އެސަރަޙައްދުގައި ކާބޯތަކެތީގެ 05 ގާޑިޔާ ބެހެއްޓުމަށް ބޭނުންވެއެވެ.

ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ރަޖިސްޓްރޭޝަން ފީ ދައްކަވާ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ކޮންމެ ގާޑިޔާ އަކަށް 500ރ (ފައްސަތޭކަ ރުފިޔާ) ގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ގާޑިޔާ ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 މޭ 28 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރޭޝަން ފީ ދައްކަވައި ނަންނޯޓް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 މޭ 2025