މަސައްކަތް
ނަންބަރު: GS153/IUL/2025/05
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2025
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 27 މޭ 2025 00:00
ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
މިސްކޫލްގެ ހުޅަނގުފަރާތު ކްލާސްރޫމުތަކުގެ ދޮރާއި ދޮރުފަތްތައް ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

         މި ސްކޫލްގެ ހުޅަނގުފަރާތު ކްލާސްރޫމުތަކުގެ ދޮރާއި ދޮރުފަތްތައް ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014  (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

        މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 21 މެއި 2025 އިން 27 މެއި 2025 ދުވަހުގެ 13:00 އާއި ހަމައަށް، ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. 

        މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން 28 މެއި 2025 ވާ ބުދަ ދުވަހުގެ 11:30 ގައި އަދި ބީލަން ހުށަހެޅުން 1 ޖޫން 2025 ވާ އާދީއްތަ ދުވަހު 11:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ.

މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި އިޢުލާނާއިއެކު ގެޒެޓުކުރެވިފައިވާނެއެވެ. 

20 މޭ 2025