ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-MO/10/2025/ 72
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:20
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ޑްރަގް ރިމާންޑް ސެންޓަރު ގާއިމްކުރުން
އިޢުލާން
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރިމާންޑް ފެސިލިޓީގެ ގޮތުގައި، ތިރީގައި މިދަންނަވާ 3 ސެންޓަރު ވަނީ، 18 މޭ 2025 ގައި ގާއިމުކުރެވިފައެވެ. މި ސެންޓަރުތައް ހިނގަމުންދާނީ ނޭޝަނަލް ޑްރަގް އެޖެންސީގެ ބެލުމުގެ ދަށުންނެވެ.
- ގދ.ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު
- ޏ.ފުވައްމުލަކު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު
- ސ.ހުޅުދޫ ވިލުނު ސެންޓަރު
ވީމާ، ޤާނޫނު ނަންބަރު 2013/13 (އެންޓި ޓޯޗަރ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މިކަން ޢާންމުކޮށް އަންގައި، އިޢުލާންކުރީމެވެ.
21 ޛުލްޤަޢިދާ 1446
19 މޭ 2025