މަސައްކަތް
ނަންބަރު: (IUL)431-AHP/1/2015/22
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 1726
ސުންގަޑި: 17 ސެޕްޓެންބަރު 2015 1300
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ޖިއޯޑޭޓާބޭސްއާއި ވެބްމެޕް އެޕްލިކޭޝަން ހަދައިދޭނެ ފަރާތެއް ހޯދަން

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީއިން އުފައްދާ ޖިއޯސްޕޭޝަލް ޑޭޓާ ބެލެހެއްޓުމަށް ބޭނުންވާ ޖިއޯޑޭޓާބޭސް ތައްޔާރުކޮށް އަދި މި ޑޭޓާތައް އިންޓަރނެޓް މެދުވެރިކޮށް ޢާންމުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ވެބްމެޕް އެޕްލިކޭޝަން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންބެގެން 1 ޖޫން 2015 ވަނަ ދުވަހު ކުރެވުނު ނަންބަރު IUL)431-AHP/1/2015/15) ގެ އިޢުލާނާ ގުޅިގެން އަގު ހުށަހަޅުއްވާފައިވަނީ ދެފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް މިކަމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރެވޭނީ އެސްރީ އާރކް ޖީއައިއެސް ސާރވާ (ESRI ArcGIS Server) ޓެކްނޮލޮޖީއާއި ޖާވާ ސްކްރިޕްޓް (JavaScript) ޓެކްނޮލޮޖީއެވެ. މިމަސައްކަތް ހަމަޖެހިފައިވާ ފަރާތަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރެފެރެންސް" މިނިސްޓްރީގެ ވެބްސައިޓް www.surveyofmaldives.gov.mv ން ލިބެން ހުންނާނެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއޮތޯރިޓީއަށް ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ

ފޯން: 3004251

އީ-މެއިލް: [email protected]

2015-08-27