ބީލަން
ނަންބަރު: IUL/TLDLAC/2025/03
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2025
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި: 05 ޖޫން 2025 14:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
. ތުލުސްދޫ އެލް.އޭ.ސީއަށް ކ. ތުލުސްދޫ އިންޑަސްޓްރިއަލް ޒޯންއިން އިންޑަސްޓްރިއަލް މަސައްކަތްތަކާއި ގުޅުންހުރި ވިޔަފާރިތަކަށް ލިބިފައިވާ ބިމުގައި ވިޔަފާރި ކުރާނެ ފަރާތެއް ހޯދުން

2025 މާރޗް 06 ވަނަ ދުވަހު ކޮށްފައިވާ ނަންބަރ IUL/TLDLAC/2025/02 އިއުލާނަށް އެކަށީގެންވާ ބަޔަކު ކުރިމަތިލާފައިނުވާތީ އެއިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރީމެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން މިކައުންސިލުގެ ސަތޭކަ ޕަސަންޓް ހިއްސާވާ ކ. ތުލުސްދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޑެޓް އަށް ކ.  ތުލުސްދޫ އިން އިންޑަސްޓްރިއަލް ޒޯން އިން މިކައުންސިލުން ހަމަޖައްސާފައިވާ 9517.32 އަކަފޫޓް ބިމެއްގައި އިންޑަސްޓްރިއަލް މަސައްކަތްތަކާއި ގުޅުންހުރި ވިޔަފާރި ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޓޭޗްކޮށްފައިވާ ބިޑް ހުށައެޅުމުގެ ދައުވަތުގައި ބަޔާންކުރާގޮތަށް ބިޑް ރަޖިސްޓްރީކޮށް ބިޑް ހުށައެޅުން އެދެމެވެ.

މިބިމުގެ ބިޑްތައް ނަގާ އިވަލުއޭޓްކޮށް އެވޯޑްކޮށް އަދި އެގްރިމެންޓްކުރާނީ ކ. ތުލުސްދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ފަރާތުންނެވެ.

އިތުރު މައުލޫމާތެއް ސާފުކުރުމަށް ބޭނުންނަމަ  7810048/6640191  ގުޅުއްވުން ނުވަތަ [email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.

18 މޭ 2025