ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)325-A/325/2025/44
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2025
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 21 މޭ 2025 10:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ސާފުކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުން

         މިކައުންސިލުން ހިންގަމުންދާ ޕްރީސްކޫލް ސާފުކޮށް ބެލެހެއްޓުމަށް ކޮންޓްރެކްޓް އުޞޫލުން 01 އަހަރު ދުވަހުގެ މުއްދަތަކަށް މަހަކު 3000.00 ރުފިޔާ (ތިންހާސް ރުފިޔާ) އަށް މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށްއެދި ހުށަހަޅުއްވާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާން ވާނެއެވެ.

  1. އަސާސީ ތަޢްލީމްގެ ފެންވަރަށް ލިޔަން ކިޔަންއެނގުން.
  2. އުމުރުން 18 އަހަރާއި، 60 އަހަރާއި ދެމެދުގެ މިފަދަ މަސައްކަތެއް ކުރެވޭފަދަ ޞިއްހަތެއްގައި ހުރި މީހަކުކަމުގައިވުން.

ކުރަންޖެހޭ މަސައްކަތް:

  1. ކޮންމެ ދުވަހަކު 1 ފަހަރު ކްލާސްރޫމް ފޮޅާ މޮޕް ލުން
  2. ކޮންމެ ދުވަހަކު 1 ފަހަރު ފާހާނާ ސާފުކުރުން
  3. ސުކޫލުގެ ގޯތިތެރޭގައިހުރި ގަސްތައްދޮށް ދުވާލަކު 1 ފަހަރު އިލޮށިފަތި ނުވަތަ މަށަންދަތި އެޅުން (ހުކުރު ހޮނިހިރު ފިޔަވައި)
  4. ސުކޫލުގެ ގޯތިތެރޭގައިހުރި ގަސްތައް ކޮށާ ރީތިކޮށް ބެލެހެއްޓުން
  5. ކްލާސްރޫމްގެ ފެންލައިޓްތަކާއި ކުޑަދޮރުތައް ހަފްތާއަކު އެއްފަހަރު ސާފުކުރުން
  6. ޕްރީސްކޫލުގެ ވަށައިގެންވާ މަގުތައް ހަޑިވިޔަނުދީ ބެލެހެއްޓުން

ހުށަހަޅަންޖެހޭ ތަކެތި:

  • މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުން.
  • މުއްދަތުހަމަނުވާ އައިޑީކާޑުގެ ދެފުށުގެ ސާފު ކޮޕީ
  • ބޭންކް އެކައުންޓް އެނގޭނެ ރަސްމީ ލިޔުމެއް. ( ބޭންކް އެކައުންޓެއް އޮންނަ ފަރާތަކަށް ވާންޖެހޭނެ )

        ވީމާ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 21 މެއި 2025 ވާ ބުދަ ދުވަހުގެ 10:00 ގެކުރިން ހުށަހަޅަންޖެހޭ ތަކެތި  މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅޭނީ މިކަމަށް އެދި ހުށަހަޅާ ފަރާތް / ފަރާތްތަކުގެ މެދުގައި އިންޓަވިއުކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނީ 22 މެއި 2025 ވާ ބުރާސްފަތި ދުވަހު ކައުންސިލްގެ އިދާރާގައެވެ.

                    މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢްލާން ކުރީމެވެ.

18 މޭ 2025