ތަމްރީނު
ނަންބަރު: (IUL)326/326/2025/40
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 22 މޭ 2025 14:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަކްމޭން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް އާއި ހިންނަވަރު ކައުންސިލް އިދާރާ ގުޅިގެން ހިންނަވަރުގައި ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމާއި ގުޅޭ ތަމްރީން ޕްރޮގްރާމާއިގުޅޭ.

އިޢުލާން

                   ބަކްމޭން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް އާއި ހިންނަވަރު ކައުންސިލް ގުޅިގެން ހިންނަވަރުގައި ދަނޑުވެރިކަމާއިގުޅޭ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނު ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ މިރަށުގެ ދަނޑުވެރިންނާއި، ފެނުގައި ގަސް ހެއްދުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށާއި އަދި ސްކޫލުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށެވެ.  

            ވީމާ، ގަސް އިންދުމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ގޫގަލް ފޯމް މެދުވެރިކޮށް ނަންނޯޓު ކުރެއްވުމަށް ދެންނެވީމެވެ.

ކޯހުގެ މުއްދަތު: 14 ދުވަސް

ކޯސް ފުރިހަމަކުރުމަށް ބޭނުންވާ މޭޓިރިއަލްސް ފޯރުކޮށްދިނުމަށް ބައިވެރިންގެ އަތުން ނެގުމަށް ހަމަޖެހިފައިވާ ފައިސާ: -/2000 ރުފިޔާ   (non-refundable)

ނޯޓް: މި ފައިސާ ދެ ބަޔަކަށް ބަހާލައިގެން ދެއްކުމުގެ އިޚްތިޔާރު ކޯހުގެ ބައިވެރިންނަށް ލިބިފައިވެއެވެ. މިގޮތަށް ފީ ދައްކަވަން ޤަސްދުކުރައްވާ ފަރާތްތަކުން، ކޯސް ފެށުމުގެ ކުރިން 1,000/-  އަދި ކޯސް ފުރިހަމަކުރުމަށްފަހު ބާކީ 1,000/- ދައްކަންވާނެއެވެ.

ކޯހުގައި ދަސްކޮށްދޭ ބައިތައް: ހައިޑްރޮޕޯނިކްސް، ވާޓިކަލް އެންޑް ކޮންޓެއިނަރ ގާރޑިނިންގ

ޕްރޮގްރާމް ކުރިއަށްގެންދާނީ، ސްރީލަންކާއިން ވަޑައިގަންނަވާ ޕްރޮފެސަރ.

      ޕްރޮގްރާމްގެ ބައިވެރިންނަށް ބޭނުންވާ އެންމެހާ ތަކެތި ކޯސް ހިންގާ ފަރާތުން ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް އޮންލައިން ފޯމް ފުރުމަށް:   https://forms.gle/u47KhCD3RoBXKfPg6

 

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 މޭ 2025