ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)265/265/2025/29
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2025
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 20 މޭ 2025 14:00
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެވަޅު ކޮމެޓީ އެކުލަވާލުމާ ގުޅޭ

މިރަށުގެ މީހުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށްޓަކައި "ގެވަޅު ކޮމެޓީ" އެއް އެކުލަވާލަން ބޭނުންވެއެވެ. މި ކޮމެޓީގައި އާންމު ރައްޔިތުންގެ ތެރެއިން ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މި ކޮމެޓީގެ ބޭނުމަކީ މީހުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމާއި، އެކަމާއި ގުޅުންހުރި އެންމެހާ ކަންކަން ނިންމާއިރު އެކި ފަރާތްތަކުގެ ބައިވެރިވުމާއި މަޝްވަރާއާއި ހިޔާލުގެ މައްޗަށް ބިނާކޮށް، ވީހާވެސް އިންސާފުވެރިކަމާއެކު މި މަސައްކަތް ކުރިއަށް ގެންދިއުމެވެ.

ވީމާ، މި ކޮމެޓީގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 މޭ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ނަންނޯޓުކުރެއްވުން އެދެމެވެ. ނަންނޯޓް ކުރުމަށް ގުޅުއްވާނީ 6520036 ނަންބަރު ފޯނަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 މޭ 2025