ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-PMD-240-2025-20
ޕަބްލިޝްކުރި ތާރީޚް: 28 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 04 ޖޫން 2025 12:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލުލާމު އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ލާމަސީލުލާމު އަތޮޅު ފުޓްބޯޅަ މުބާރާތް 2025 ޖުލައި 07 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލ.އަތޮޅުގެ ކުލަބް ޖަމްޢިއްޔާތަކަށް ހުޅުވާލަމެވެ. 

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކުލަބް ޖަމްޢިއްޔާތަކުން 04 ޖޫން 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މުބަރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށްފޮނުއްވުން އެދެމެވެ. ކުޅުންތެރިން ރަޖިސްޓްރީ ކުރާ ފޯމް އަދި ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 18 ޖޫން 2025 ވަނަދުވަހުގެ 14:00 ކަމުގައި ދެންނެވީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމާއި، ކުޅުންތެރިން ރަޖިސްޓްރީ ކުރާ ފޯމާއި، ޓީމްލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ހިންގާ ޤަވާއިދު މި އިދާރާގެ ވެބްސައިޓް laamu.gov.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. 

މުބާރާތް ހޯސްޓްކުރާ ކުލަބް ޖަމްޢިއްޔާއަކަށް މި މުބާރާތުގައި ބައިވެރި ނުވެވޭނެއެވެ. 

28 އެޕްރީލް 2025