ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)300-EC/300/2025/28
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2025
ޕަބްލިޝްކުރި ގަޑި: 09:31
ސުންގަޑި: 22 މޭ 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިނާވެށި ޕްލޭންގައިވާ ބައެއް ގްރީންޒޯންތަކުގެ ވަށާފާރު ރޭނުމަށް ބޭނުންވެއްޖެ

މި އިޢުލާންވަނީ 14 މޭ 2025 09:35 ގައި ބާތިލް ކުރެވިފައެވެ.


 ރަށުގެ ބިނާވެށި ޕުލޭނުގައިކަނޑަ އަޅާފައިވާ ބައެއް ބިންތަކުގައި ވަށާޕައުންޑޭޝަން އަޅާއި ބިމުން މަށްޗައް 2 ފޫޓަށް ރޭނުމަށް ކުރެވުނު ނަންބަރު 20/2025/300/(IUL)300-EC( 21 އޭޕްރީލް 2025 ) އިޢުލާނަށް ޝަޢުޤުވެރިކަން ފާޅުކޮށް އެންމެ ކުޑައަގު ލިބުނު ފަރާތުން ދޫކޮށްލުމުން ދެވަނަ އައި ފަރާތުގެ އަގު ބޮޑުވުމާއި ގުޅިގެން އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ. މިގޮތުން 4 ސަރަހައްދެއްގައި ޖުމްލަ 879 ފޫޓް ފާރު ރާނައި ދެފުށުގައި ސިމެންތިޖަހާ ސީލަރު ލުމަށްފަހު ކައުންސިލުން ނިންމާ ބުރޭންޑެއްގެ ކުލަލުމަށް ބޭނުންވެފައެވެ.

މައުލޫމާތު ދިނުން: 22 މެއި 2025، 13:30 އަށް  

އަންދާސީ ހިސާބު ހުށަހެޅުން: 28 މެއި 2025، 13:30 އަށް

ވީމާ، މިކަމަށް ޝައުޤުވެރިވާފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ 18/2014 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

 އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

14 މޭ 2025