ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ޢީދި ސަމާ 1446 ހަރަކާތްތަކުގެ ތެރެއިން މުވައްސަސާތައް އަދި އަމިއްލަ ވިޔަފާރި ކުރާ ތަންތަން ދިއްލައި ޒީނަތްތެރިކުރުމުގެ މުބާރާތް
1446 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 05 ޖޫން 2025 އިން 09 ޖޫން 2025ގެ ނިޔަލަށް 05 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1446" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
އެގޮތުން ޢީދު މުނާސަބަތުގައި ކައުންސިލުން އައްޑޫގެ ސިޓީގެ މުވައްސަސާތަކަށް ޚާއްސަކޮށްގެން މުވައްސަސާތައް އަދި އަމިއްލަ ވިޔަފާރި ކުރާ ތަންތަން ދިއްލައި ޒީނަތްތެރި ކުރުމުގެ މުބާރާތް މިއަހަރުވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ވަނަތަކަށް ހަމަޖެހިފައިވަނީ:
1 ވަނަ އިނާމު: 10،000 ރުފިޔާގެ ފާއިސާގެ އިނާމް
2 ވަނަ އިނާމު: 7،500 ރުފިޔާގެ ފާއިސާގެ އިނާމް
3. ވަނަ އިނާމު: 5،000 ރުފިޔާގެ ފާއިސާގެ އިނާމު
މުބާރާތުގައި ބައިވެރިވުމުގެ އުސޫލު:
1. މުބާރާތުގައި ބައިވެރިވެވޭނީ އައްޑޫސިޓީގެ މުވައްސަސާ އަދި އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކަށެވެ.
2. މުބާރާތުގައި ބައިވެރިވުމަށް ކޮންމެ މުވައްސަސާއަކުން ނުވަތަ އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކުން އެ އޮފީހެއްގެ ނުވަތަ ވިޔަފާރި ކުރާތަނުގެ ދޮރުމަތި ރައްޔިތުންނަށް ފެންނާނެހެން، ރާއްޖޭގެ ޢީދުގެ ސަގާފަތާއި، އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކުރަންވާނެއެވެ.
3. މުބާރާތުގައި ބައިވެރިވާ މުވައްސަސާ އަދި އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކުން 05 ޖޫން 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން އެ އޮފީހެއްގެ ނުވަތަ ވިޔަފާރި ކުރާތަނުގެ ދޮރުމަތި ޒީނަތްތެރިކުރެވިފައި ހުންނަންވާނެއެވެ.
4. މުބާރާތުގައި ބައިވެރިވުމަށް މިއިޢުލާނުގައިވާ ގޫގުލް ފޯމް މެދުވެރިކޮށް، ޒީނަތްތެރިކޮށްފައިވާ މުވައްސަސާ އަދި އަމިއްލަ ވިޔަފާރި ކުރާ ތަނުގެ ފޮޓޯ ހުށަހަޅަންވާނެއެވެ. ހުށަހެޅޭ ހުރިހާ ފޮޓޯއެއްވެސް ހުންނަންވާނީ ލޭންޑްސްކޭޕްކޮށެވެ.
5. މިމުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ފޮނުވާ ފޮޓޯ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުގައި 07 ޖޫން 2025 ވާ ހޮނިހިރު ދުވަހު ހިއްސާކުރެވޭނެއެވެ. ބައިވެރިންގެ ފޮޓޯތައް ކައުންސިލް ފޭސްބުކް ޕޭޖުގައި ޕޯސްޓް ކުރާއިރު ހަވާލުކުރެވިފައިވާ ނަންބަރު ޕޯސްޓްތަކުގެ ކެޕްޝަންތަކުގައި ހިމެނޭނެ އަދި ކޮންމެ ބައިވެރިއަކަށް ލިބޭ ނަންބަރެއް އެބައިވެރިއަކަށް އީމެއިލް ކުރެވޭނެއެވެ.
6. މި މުބާރާތުގެ ވަނަތައް ވަޒަންކުރެވޭނީ ފަނޑިޔާރުންގެ ޕެނަލްގެ 80 އިންސައްތަ މާރކްސް، މީސްމީޑިއާގައި ލިބޭ ލައިކް އަދި ހާރޓް ރިއެކްޓްތަކަށް 20 އިންސައްތަ މާރކްސް އަށް ބަލައިގެންނެވެ. އެންމެ ގިނަ މާރކްސް އަދި ހާރޓް ރިއެކްޓްސް ލިބޭ ފަރާތްތަކުގެ މެދުގައި 01 ވަނަ، 02 ވަނަ އަދި 03 ވަނަ ހޮވާލެވޭނެއެވެ.
7. މީސްމީޑީއާ އިން ލިބޭ ރިއެކްޓްތައް ބަލައިގަނެވޭނީ 10 ޖޫން ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.
8. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ 05 ޖޫން 2025 ވާ ބުރާސްފަތި ދުވަހު ރޭގަނޑު 20:00ގެ ނިޔަލަށެވެ.
9. މުބާރާތުގެ ފަނޑިޔާރުން 06 ޖޫން 2025 – 10 ޖޫން 2025 އަށް ގެތަކަށް ޒިޔާރަށްކޮށް މާރކްސް ދިނުމަށްވަނީ ހަމަޖެހިފައިވެއެވެ.
އިންސާފުކުރުމަށް ހަމަޖެހިފައިވާގޮތް:
ތަފްޞީލް |
މާރކްސް |
1.ފަނޑިޔާރުންގެ ޕެނަލް |
80 |
-އުފެއްދުންތެރިކަން / ކްރިއޭޓިވިޓީ |
40 |
-ފަރުމާކުރެވިފައިވާ ގޮތް / ޑިޒައިން |
20 |
-ޢީދުގެ މުނާޞަބާތާއި ގުޅުވާފައިވާ މިންވަރު (ތީމް) |
20 |
2. މީސް މީޑިއާގައި ލިބޭ ލައިކް (ފޭސް ބުކް ލައިކްސް) |
20 |
ހާރޓް ރިއެކްޓް |
15 |
ޝެއަރ |
5 |
ގޫގުލް ފޯމް: https://forms.gle/uBUCf6Rpv3EotDB8A
މިމުބާރާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ހޮޓްލައިން 7905003 ނުވަތަ 6885003 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
15 ޒުލްޤައިދާ 1446
13 މޭ 2025