ކުއްޔަށް ދިނުން
ނަންބަރު: (IUL)286-CB/286/2025/ 59
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2025
ޕަބްލިޝްކުރި ގަޑި: 15:57
ސުންގަޑި: 12 ޖޫން 2025 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 22 ވަނަ މާއްދާގެ (އ)، (ވ) އަދި (ހކ) ގެ ދަށުން ކައުންސިލަށް ލިބިދޭ މަސްއޫލިއްޔަތުތަކާއި ބާރުގެ ދަށުން، އަދި ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ޤަވާއިދު ނަންބަރ: 2018/R-69) ގެ 5 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ގަވާއިދުގެ 6 ވަނަ މާއްދާއިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، ރަށުގެ ރައްޔިތުން ނުވަތަ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ ބޭނުމަށް، ބިން ދޫކުރުމާއި ބިން ވަކިކުރުމާއި ބިންތައް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ބަޔާންކުރާ އުސޫލް:  (DIR)286-CB/286/2025/3 އާއި އެއްގޮތަށް ކެނދިކުޅުދޫން ކަނޑައެޅިފައިވާ ސަރަހައްދުން ބިން ދޫކުރުމަށް ހުޅުވާލަމެވެ.

އެގޮތުން, މި އުސޫލާއިއެއްގޮތަށް ބިން ދޫ ކުރުމުގެ ތަފްސީލް ތިރީގައި އެވަނީއެވެ:

ބިމުގެ އަދަދު:

22

ބިމުގެ ބޮޑުމިން

1500 (އަކަ ފޫޓް)

ބިމުގައި އިމާރާތް ކުރެވޭނެ ސަރަހައްދު

1200 (އަކަ ފޫޓް)

ކުރިމަތިލެވޭނެ ފަރާތްތަށް

ކެނދިކުޅުދޫގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއްގެ 100 އިންސައްތަ ހިއްސާ އޮންނަ ވިޔަފާރިއެއް ކަމުގައިވުން.

ބިން ކުއްޔަށް ދޫކުރާ އެންމެ ދިގު މުއްދަތު

މީލާދީ 35 އަހަރު

ބިމުކުލީގެ ގޮތުގައި ހުޝަހެޅޭނެ އެންމެ ކުޑަ އަގު

އަކަފޫޓަކަށް 48 ލާރި

ބިޑް ރެޖިސްޓްރޭޝަން ފީ

1000 ދިވެހި ރުފިޔާ

 

ބިމުގެ ސަރަހައްދު އަންގައިދޭ ޗާޓް މި އިޢުލާނާއިއެކު ގެޒެތްކޮށްފައިވާނެއެވެ.

 

ބީލަމަށް ރަޖިސްޓްރީ ކުރުން

  •  ބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ވެލެއްވުމަށް ދަންނަވަމެވެ.

ލިންކް: https://forms.office.com/r/D6r18fA89f

  • ބީލަމުގެ ރަޖިސްޓްރޭޝަން ފުރިހަމަވުމުން ރަޖިސްޓްރީވި ކަމުގެ ރަޝީދެއް [email protected]  މެދުވެރިކޮށް ރަޖިސްޓްރީވާ ފަރާތްތަކަށް, ރަޖިސްޓްރީ ފުރިހިމަކުރާތާ 48 ގަޑިއިރުގެ ތެރޭގައި އީމެއިލްއަށް ފޮނުވާނެއެވެ. އެ އީމެއިލަށް ބީލަމުގެ ރަޖިސްޓްރޭޝަން ފީގެ ރަޝީދު ރަޖިސްޓްރީވެފައިވާ ފަރާތުން ފޮނުވުމުން ރަޖިސްޓްރޭޝަން ފުރިހަމަ ވެގެން ދާނެއެވެ.
  • ބިޑް ރަޖިސްޓްރޭޝަން ފީ ޖަމާކުރައްވާނީ ތިރީގައި ބަޔާން ކުރެވިފައިވާ އެކައުންޓަށެވެ.

-          އެކައުންޓް ނަންބަރު: 7720700434001

-          އެކައުންޓްގެ ނަން: 1326 REVENUE 1

  • މި ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގެ ރަޖިސްޓްރޭޝަން މަރުހަލާ ފުރިހަމަ ކުރާ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަން ވެރިންނަށް (ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް) ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 26 މެއި 2025 ވާ ހޯމަ ދުވަހުގެ 13:00ގައި ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. (ކެނދި މާލަން)
  • މިބައްދަލުވުމުގައި ބައިވެރި ނުވެވޭ ފަރާތްތަކުން ބަދަލުގައި ބައިވެރިޔަކު ފޮނުވުމުގެ ފުރުސަތަ ދެވޭނެއެވެ. ބަދަލުގައި ފޮނުވާފަރާތުގެ މަޢުލޫމާތު (ފުރހިމަ ނަމާއި އެޑްރެސް, އައި.ޑީ ކާޑް ނަންބަރު, ގުޅޭނެ ފޯން ނަންބަރު) އެގޭނޭ ގޮތަށް ރަޖިސްޓްރީ ވެފައިވާ ވިޔަފާރީގެ ލެޓާރ ހެޑްގައި ބަދަލުގައި ފޮނުވާފަރާތެއް ކަން އެގޭނެ ލިޔުމަކާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑް ނުވަތަ އައިޑީ ކާޑްގެ ކޮޕީއެއް ބައްދަލުވުމުގެ ކުރިއަށް ނުވަތަ ބައްދަލުވުމަށް ހާޟިރުވާއިރު ފޯރުކޮށްދެންވާނެއެވެ.
  • މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި, ބީލަން ހުށަހަޅާއިރު ސަމާލުކަން ދޭންވީ ކަންކަމާއި, ބީލަންވެރިންނަށް ބީލަމާއި ބެހޭގޮތުން ސުވާލު ކުރުމުގެ ފުރުސަތު ދެވޭނެއެވެ.

ބީލަން ހުށަހެޅުން

  • ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 12 ޖޫން 2025 ވާ ބުރާސްފަތި

 ދުވަހުގެ 13:00ގައި ކެނދިކުޅުދޫ ކައުންސިލްގެ ޖަލްސާ ކުރާ މާލަމް

(ކެނދި މާލަން) ގައެވެ.

  • ބީލަން ހުށަހަޅަން ވާނި ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
    • ބީލަން ހުށަހެޅުމަށް ހާޞިރުނުވެވޭ ފަރާތްތަކުގެ ބަދަލުގައި އެހެން ފާރަތެއް ފޮނުވިދާނެއެވެ. ބަދަލުގައި ފޮނުވާފަރާތުގެ މަޢުލޫމާތު (ފުރހިމަ ނަމާއި އެޑްރެސް, އައި.ޑީ ކާޑް ނަންބަރު, ގުޅޭނެ ފޯން ނަންބަރު) އެގޭނޭ ގޮތަށް ރަޖިސްޓްރީ ވެފައިވާ ވިޔަފާރީގެ ލެޓާރ ހެޑްގައި ބަދަލުގައި ފޮނުވާފަރާތެއް ކަން އެގޭނެ ލިޔުމަކާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑް ނުވަތަ އައިޑީ ކާޑްގެ ކޮޕީއެއް ބައްދަލުވުމުގެ ކުރިއަށް ނުވަތަ ބައްދަލުވުމަށް ހާޞިރުވާއިރު ފޯރުކޮށްދެންވާނެއެވެ.
    • ބީލަމުގައި ރަޖިސްޓްރީ ނުވާފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި, ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި, އީމެއިލް އަދި ފެކްސްގެ ޒަރިއްޔާއިން ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.

 

މާކްސް ދިނުން

ބީލަމުގެ އިވަލުއޭޝަން ކްރައިޓީރިއާ

%

ހުށަހަޅާ އަގު

70

-     ބިމު ކުލި

-          ބިމު ކުލީގެ ގޮތުގައި ފުރަތަމަ 5 އަހަރު، މަހެއްގެ މަށްޗައް ހުށަހެޅީ 3000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދެކެވެ.

-          ބިމުކުލީގެ ގޮތުގައި ހުށަހަޅާ ޖުމްލަ އަގަށް %50 ދޭވޭނެއެވެ.

-          ބީލަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން ބިން ކުއްޔަށް ނަގާ މުއްދަތަށް ޖުމްލަ ބިމުކުލީގެ ގޮތުގައި އެންމެ ބޮޑު އަގެއް ހުށަހަޅާފައިވާ ފަރާތަކަށް އެންމެ މަތިން މާކްސް ދެވޭނެއެވެ.

-        ކުއްޔަށް ގެނެވޭ ބަދަލު

-          ބިމު ކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަގަށް ބަދަލު ގެންނަ އިންސަތައަށް %20

-          ބިމު ކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަގަށް، ބިން ކުއްޔަށް ނަގާފައިވާ މުއްދަތުގައި، އަހަރުން އަހަރަށް ބިމު ކުލީގެ ގޮތުގައި އެންމެ ބޮޑު ކުރިއެރުމެއް ގެންނަ ފާރާތަކަށް އެންމެ މަތިން ޕޮއިންޓް ލިބޭނެއެވެ.

 

ހިދުމަތް ފެށާނެ މުއްދަތު

30%

  • ހިދުމަތް ފެށުމަށް، އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަށް އެންމެ މަތިން ޕޮއިންޓް ދެވޭނެއެވެ. ޚިދުމަތް ފެށުން މާނަކޮށްފައިވަނީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމަށް ބިން ދޫކުރުމުގެ އުސޫލާ އެއްގޮތަށް ބިން ތަރައްޤީކޮށް އެއުސޫލާ އެއްގޮތްވާގޮތުގެ މަތިން އެކަށީގެންވާ ފެންވަރެއްގައި ޚިދުމަތްތައް ފެށުމަށެވެ.

 

ހުށައަޅަންޖެހޭ ތަކެތި

  1. ބިން ކުއްޔަށް ނެގުމަށް އެދި ހުށައަޅާ ފަރާތުގެ ރަޖިސްްޓްރީ ކޮޕީ: ރަޖިސްޓްރީ ކޮޕީ / ވިޔަފާރީގެ ޕްރޮފައިލް ޝީޓް
    މި ލިޔުން ހުށައަޅާއިރު ރަޖިސްްޓްރީ މުއްދަތު ހަމަވެފައިވާ ވިޔަފާރިތަކާ އަހަރީ ފީ ދުވަސް ހަމަވެފައިވާ ވިޔަފާރިތައް ބަލައެއް ނުގަނެވޭނެއެވެ.
  2. ބީލަން ހުށައަޅާ ފޯމް (ވިޔަފާރީގެ ސިއްކަ އޮތްނަމަ މިފޯމުގައި ޖަހަންވާނެއެވެ)
  3. ވިޔަފާރީގެ ވެރިފަރާތް ނޫން އެހެން ފަރާތަކަށް ބީލަމުގައި ސޮއިކުރުމުގެ ހުއްދަ ދީފައިވާނަމަ އެކަން އެނގޭނެ ލިޔުން
  4. ބިމުކުލި ދެއްކުމަށް ކަނޑައަޅާ ގޮތުގެ ޕޭމަންޓް ޝެޑިއުލް
  5. ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތުން ހުށައަޅާ ޕްރޮޕޯސަލް

އިތުރު މާއުލޫމާތު

މި އިޢުލާނާއި ގުޅިގެން އެކަށިގެންވާ އަދަދަށް ބީލަން ހުށަހަޅާފައި ނުވާނަމަ ނުވަތަ ހުށަހަޅާފައިވާ

ބީލަންތަކުގެ އަގާއި, ހުށަހޅާފައިވާ އިތުރު ކަންކަން އެކަށީގެން ނުވާނަމަ މި އިޢޫލާން ބާތިލްކުރުމުގެ

އިޚްތިޔާރު ކެނދިކުޅުދޫ ކައުންސިލަށް ލިބިގެންވެއެވެ.

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

15  ޛުލްގައިދާ 1446

13 މޭ 2025