ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267-ESMS/267/2025/41
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2025
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 19 މޭ 2025 14:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

ހދ،ކުމުންދޫ އިންޖީނުގޭގެ ހުޅަނގުން ފެށިގެން ސައްކެޔޮގެއާއި ހަމައަށް ކުމުންދޫ ކައުންސިލް އިދާރާއިން ފާހަގަކޮށްފައިވާ ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މަތީގައި ދެންނެވިފައިވާ ރުއްގަހުގެ ވެރިން 19 މެއި 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރުއްގަހުގައި މިހާރު ކައުންސިލުން ޖަހާފައިވާ ތަރުތީބު ނަންބަރާއި އަދި އެރުއްގަހުގެ ވެރީންގެ ގޯތީގެ ރަޖިސްޓްރީ ނަންބަރު އެނގޭގޮތަށް ރުއްގަހުގައި ފާހަގަޖެއްސެވުމަށްފަހު މި އިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. މިއިއުލާނުގެ މުއްދަތު ހަމަވާއިރު މައުލޫމާތު ސާފުނުވެ އެސަރަހައްދުގައި ރުއްގަސްހުރިނަމަ އެތަކެތިވެސް ހިމެނޭގޮތަށް ވެރިއަކުނެތް ރުއްގަސްކަމަށް ބަލައި އެތަކެތި ނައްތާލެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި މިގޮތަށް ކަނޑާލެވޭ ރުއްގަހަށް ފަހުން ބަދަލުހޯދުމަށް އެދިއްޖެނަމަ އެފަރާތަށް ބަދަލުދެވޭނީ ޝަރުޢީކޯޓަށް ހުށައަޅައި ކޯޓުން އެމައްސަލައެއް ނިންމާގޮތެއްގެ މަތީންނެވެ. އަދި އެސަރަހައްދުގައިވާ ކުރަތްޕަތް ރުކާއި ފަތްކެޔޮގަސްތަކުގެ ވެރިފަރާތުން މިތަކެތި ނެންގެވުމަށް ދަންނަވަމެވެ. އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މައުލޫމާތު ހުށައަޅާ ފޯމް އިދާރާއިން ލިބެންހުންނާއެވެ. އަދި ފޯމް މިއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 މޭ 2025