| މަޤާމް: | ކައުންސިލް އޮފިސަރ (ޓްރެއިނީ) | 
| ބޭނުންވާ ޢަދަދު: | 4 | 
| މަސައްކަތު ވަގުތު | 
ރަސްމީ ދުވަސްދުވަހު 08:00 އިން 14:00 އަށްޕްރޮގްރާމްގެ ބައިވެރިން ބޭނުންވާނަމަ، ނުރަސްމީގަޑީގައި ކުރާ މަސައްކަތްތަކުގައިވެސް ބައިވެރިވެވިދާނެއެވެ. | 
| މަސައްކަތް ކުރަންޖެހޭ ތަން: | 
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ (ބޭނުންވާ ޢަދަދު: 1)ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ (ބޭނުންވާ ޢަދަދު: 1)ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ (ބޭނުންވާ ޢަދަދު: 1)ފާދިއްޕޮޅު އޮޅުވެލިފުށި ކައުންސިލްގެ އިދާރާ (ބޭނުންވާ ޢަދަދު: 1) | 
| ޕްރޮގްރާމްގެ މުއްދަތު: | 6 މަސް ދުވަސް | 
| މުސާރަ: | - | 
| އެލެވަންސް/ޕޮކެޓްމަނީ: | މަހަކަށް -/1500ރ (ޙާޟިރުނުވާ ދުވަހަކަށް -/20ރ އުނިކުރެވޭނެއެވެ.) | 
| އެހެނިހެން އެލަވަންސް | - | 
| މި ޕްރޮގްރާމްގެ ދަށުން ތަޖްރިބާ ހޯދައިދެވޭ ބައިތައް | (އޮފީހުގެ ސެކްޝަން/ޔުނިޓްތަކުގައި، ކަނޑައެޅޭ ތާވަލެއްގެ ދަށުން، ތަފާތު މަސައްކަތްތައް ތަޖުރިބާ ކުރަންޖެހޭނެއެވެ. އަދި ޕްރޮގްރާމް ނިމުމުންދެވޭ ތަޖްރިބާގެ ލިޔުމުގައި މިމުއްދަތުގައި ކުރަން ދަސްވި ކަންކަން ފާހަގަކޮށްދެވޭނެއެވެ.) 
އިންވެންޓްރީއާގުޅޭ މަސައްކަތްތަކާ، ނީލަމާބެހޭ މަސައްކަތްތަކުގައި ބައިވެރިވުން.ބަޖެޓް ޔުނިޓްގެ މަސައްކަތް ކުރުން.ޕްރޮކިޔުމަންޓް މަސައްކަތްތަކާ ބިޑް ޕްރޮސެސްއާގުޅޭ މަސައްކަތްތަކުގައި ބައިވެރިވުން.އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ކުލަބް ޖަމްޢިއްޔާތަކާއި ޖަމާޢަތްފަދަ ތަންތަނުން ހިންގާ ޕްރޮގްރާމްތަކާ ގުޅިގެން އޮފީހުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.ކައުންސިލް އިދާރާއިން ފޯރުކޮށްދޭ ރަށްވެހި ޚިދުމަތްތައް.އޮފީހުގެ މަސައްކަތްތަކާ، އާމްދަނީއާ ޚަރަދުގެ ތަފާސްހިސާބު އެންޓަރކުރުމާ، ވެބްސައިޓްގައި ޢާންމުކުރުމާގުޅޭ މަސައްކަތްތަކުގައި އެހީތެރިވުން.އިންޓަރނަލް އޮޑިޓް އަދި މޮނިޓަރކުރުމަށް، މަޢުލޫމާތު އެއްކޮށް ރިޕޯރޓް އެކުލަވައިލުމުގައި އެހީތެރިކަންދިނުން.އޮފީހުގައި ހިންގޭ ކުރު ތަމްރީން ތަކުގައި ބައިވެރިވުން.ތަރައްޤީގެ ޕްލޭންއާ މަސައްކަތުތާވަލު ޙާޞިލްވަމުންދާގޮތް މޮނިޓަރކުރުން.ހުށަހެޅޭ ސިޓީ، މެސެޖްފަދަ ތަކެތި ބަލައިގަތުމާއި، ޔުނިޓްގެ އެންޓްރީ ބެލެހެއްޓުން.ލިޔަންޖެހޭ ސިޓީ، މެސެޖްފަދަ ތަކެތި ލިޔުން.ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނަށް ތައްޔާރުވުން.ކުއްލި ކަންކަމާއި، ހުރިހައި ސްޓާފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.ކައުންސިލް އިދާރާގެ އެހެން ސެކްޝަނެއް/ޔުނިޓެއްގެ މަސައްކަތްތައް ޚާއްޞަ ޙާލަތެއްގައި ވަގުތީ ގޮތުން ޙަވާލުކުރެވިއްޖެނަމަ އެމަސައްކަތެއް ކުރުން. | 
| މަޤާމުގެ ޝަރުޠުތައް: | 
ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުން | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ފުރިހަމަ ކުރައްވާފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު (މި ފޯމް މިއިދާރާގެ ވެބްސައިޓުންނާއި، ކައުންޓަރުން ލިބެންހުންނާނެއެވެ.)އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެކޮޕީލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެޓެސްޓް ކުރުންލާޒިމެއްނޫން)ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ (އެޓެސްޓް ކުރުންލާޒިމެއްނޫން) | 
| ޕްރޮގްރާމަށް ފުރުޞަތުދިނުމުގައި ބެލޭނެ ކަންތައްތައް: | 
ތަޢުލީމް (އޯ ލެވެލް) | 40% | 
| 
ތަޢުލީމް (އިތުރު ތަޢުލީމީ ސެޓްފިކެޓް) | 10% | 
| 
ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީންތައް | 10% | 
| 
އިންޓަރވިއު | 40% | 
| 
ޖުމްލަ މާރކްސް | 100% | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 މެއި 20 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާ އަށެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭފޯމާއިލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. | 
| އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2025 މެއި 21 އާއި 2025 މެއި 29 އާ ދެމެދު، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ. | 
| ޝޯޓް ލިސްޓްކުރުން:   | މިޕްރޮގްރާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު (ކޮންމެ ކައުންސިލްގެ އިދާރާއަކަށްވެސް) 04 އަކަށްވުރެ އިތުރުވާނަމަ، އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 4 ފަރާތެކެވެ. | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620120 ނުވަތަ 6620117 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |