މަސައްކަތް
                	
                ނަންބަރު: (IUL)22-E/1/2015/295
                    ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2015
                    ޕަބްލިޝްކުރި ގަޑި:  11:56
                    
                މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޅ. ކުރެންދޫ ސްކޫލްގައި 6 ކްލާސްރޫމްގެ ބްލޮކެއް އިމާރާރްކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް
                                ޅ. ކުރެންދޫ ސްކޫލުގައި 6 ކްލާސްރޫމްގެ ބްލޮކެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް
ދިވެހި ސަރުކާރުން ވާރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހޭންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، ޅ.ކުރެންދޫ ސްކޫލުގައި 6 ކްލާސްރޫމުގެ ބްލޮކެއް އިމާރާތްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
- ބީލަމާބެހޭ ލިޔުންތަކުގެ ސޮފްޓްކޮޕީ ސީޑީގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާއެވެ. ފައިސާ ބަލައިގަތުމާއި ސީޑީ ދޫކުރުން އޮންނާނީ 27 އޮގަސްޓު 2015 އިން 8 އޮކްޓޫބަރު 2015 އަށް ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް މި މިނިސްޓްރީގެ ފައިނޭންސް ސެކްޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) އިންނެވެ.
 - ޕްރީ ބިޑް މީޓިންގ އޮންނާނީ 6 ސެޕްޓެންބަރު 2015 (އާދީއްތަ) ދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ (ކޯޑިނޭޝަން ސަޕޯޓް ޔުނިޓް، ނަންބަރު 103، އެދުރުހިޔާ، 1 ވަނަ ފަންގިފިލާ) މީޓިންގރޫމުގައެވެ.
 - ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި -/20،000 ރުފިޔާ ބަހައްޓަންވާނެއެވެ.
 - ބީލަން ހުޅުވުން އޮންނާނީ 8 އޮކްޓޫބަރު 2015 (ބުރާސްފަތި) ދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ (ކޯޑިނޭޝަން ސަޕޯޓް ޔުނިޓް، ނަންބަރު 103، އެދުރުހިޔާ، 1 ވަނަ ފަންގިފިލާ) މީޓިންގރޫމުގައެވެ.
 
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341317/ 3341318 ނަންބަރު ފޯނާއެވެ.
އީމެއިލް ކުރައްވާނީ [email protected] /[email protected]
12 ޛުލްޤަޢިދާ 1436
                27 އޮގަސްޓް 2015