ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2025/27
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2025
ޕަބްލިޝްކުރި ގަޑި: 09:22
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިވަން ދުވަސް ފާހަގަކުރުން

މިނިވަން ދުވަސް ފާހަގަކުރުން

            ދިވެހިރާއްޖޭގެ މިނިވަންދުވަސް އދ. އަތޮޅުފެންވަރުގައި ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރަށުގައެވެ. މިނިވަންދުވަސް ފާހަގަކުރުމަށް ބާއްވާ ކުޅިވަރު މުބާރާތްތަކާއި އަދި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމަށް، މިއަތޮޅުގެ އެކިރައްރަށުންނާއި އަދި ރާއްޖޭގެ އެކި ރަށްރަށުން ގިނަބަޔަކު މިރަށަށް ޒިޔާރަތްކުރާނެއެވެ.

            ވީމާ މިނިވަންދުވަސް އަތޮޅުފެންވަރުގައި ފާހަގަކުރުމުގެ ހަރަކާތްތަކަށް މިރަށް ތައްޔާރުވުމަށްޓަކާ މިރަށުގެ އެންމެހާ ފަޅުގޯއްޗާއި މީހުންދިރިއުޅޭ ގޯތިތައް ސާފުކޮށްދެއްވުމަށް އެގޯތިތަކުގެ ވެރިންނަށް އދ. ފެންފުށީ ކައުންސިލްގެ ފަރާތުން އިލްތިމާސްކުރީމެވެ.   

12 މޭ 2025