ވަޒީފާގެ ފުރުޞަތު
ނަންބަރު: HRD-MPL/2025/59
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2025
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 15 މޭ 2025 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ - ކޮންޓްރެކްޓް

ވަޒީފާގެ ފުރުޞަތު 

މަޤާމް :

އެސިސްޓެންޓް އޮފިސަރ - ކޮންޓްރެކްޓް

ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ މީހުން ހޯދުން

 މިކުންފުނީގައި މެއިލް މެނެޖްކުރުމަށްޓަކައި ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ނިންމުމަށް މީހުން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

15 ( ފަނަރަ )

އުޖޫރަ

މުސާރަ: މަހަކު -/7000 ރުފިޔާ (ހަތް ހާސް ރުފިޔާ)

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

 

ޔުނިޓް :

ސޭލްސް އެންޑް ކަސްޓަމަރ ސަރވިސް މެނޭޖްމަންޓް

މެއިލް އޮޕަރޭޝަންސް ޑިވިޜަން

މައިގަނޑު މަސައްކަތް

  • ދުވަހުން ދުވަހަށް ކުރަންޖެހޭ ޑޭޓާ އެންޓްރީގެ މަސައްކަތްތަކާއި ކަސްޓަމަރުންނަށް ޕާރްސަލް ދޫކުރުމުގެ ޚިދުމަތް ދިނުމާ ގުޅޭ މަސައްކަތްތައް ކުރުން.

ޝަރުޠު:

  • ގްރޭޑް 7ގެ އިނގިރޭސި އަދި ދިވެހި ފެންވަރު ހުރުން
  • އެއްތަނުން އަނެއްތަނަށް ތަކެތި އުފުލާ ގެންގުޅުމުގެ ޞިއްޙަތުހުރުން
  • އުމުރުން 18 އަހަރު ނުފުރޭ ފަރާތެއްނަމަ ބެލެނިވެރިޔާގެ ލިޔުމެއް ހުށަހަޅުއްވުން އެދެމެވެ.

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • އެއްތަނުން އަނެއްތަނަށް ތަކެތި އުފުލުމާއި އެފަދަ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވުން
  • ކަވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

މަސައްކަތު ގަޑި:

  • ޑިއުޓީ އުޞޫލުން  ކަނޑައަޅާ ޝިފްޓަކަށް ދުވާލަކު 6 ގަޑިއިރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

  • ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 15 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ  13:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 15 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555/7924894  ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

11 މޭ 2025